logo

ޕީއެންސީ ފިކުރުގެ އިހުތިރާމުގެ ސުންނަތް ދެމިއޮންނަނީ ފަސް އަހަރުދުވަހަށް: ފިއްޓޭ

profile

ރިޟްވާން މޫސާ - 17 ނޮވެމްބަރު 2026 - 06:54

ޕީއެންސީ ފިކުރުގެ އިހުތިރާމުގެ ސުންނަތް ދެމިއޮންނަނީ ފަސް އަހަރުދުވަހުގެ މުއްދަތަކަށް ކަމަށާއި ރައީސް މުހައްމަދު މުއިއްޒުއަށް މިހާރު ތާއީދުކުރައްވާ ބޭފުޅުން މާދަމާ އެމަނިކުފާނަށް ހުތުރު އެއްޗެހި ގޮވާ އަޑު ދިވެހީން އަހާނެކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބުރު ރައްކާތެރި ކުރުމާއިބެހޭ ބިލަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ މިއަދުގެ ސަރުކާރުން އިހުތިރާމް އަދާކުރަން ބުނެ ފާޅުގައި ދައްކަވަމުން ގެންދަވަނީ ގޮއްމުށުގެ ބާރުކަމަށެވެ.

ޒިޔާދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިސްކޮށް ހުންނަވައި ދާދި ފަހަކުން ސަރުކާރުން ބޭއްވި އިޙްތިރާމް އަދާކުރުމުގެ ޖަލްސާ އަށް އިޝާރާތް ކުރައްވައި ރައީސް ޑރ މުޙައްމަދު މުއިއްޒަށް ވެސް ވަރުގަދަ ރައްދުތަކެއް ދެއްވާފަ އެވެ. އަދި ވިދާޅުވީ މަޖުބޫރު ކުރުވައިގެން ޖަލްސާ އަށް ގެންދިއުމާއި، އަމިއްލަ މަންފާ އަށް ކަންކަން ކުރަމުންދާ ކަމަށާއި، އާރާއި ބާރު ނެތިދިއުމުން ރައްޔިތުން އެމަނިކުފާނަކަށް އިޙްތިރާމެއް ނުކުރައްވާނެ ކަމަށެވެ.

މަޖިލީހުގައި ޒިޔާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ބާރު މިއަދު އެބަ އޮތް ކަމަށާއި، ވަދެވެން އޮތް ހުރިހައި ދާއިރާއަކަށް ވެސް ވަދެ ބާރުތައްރައްޔިތުންނަށް ދައްކަވަމުން ގެންދަވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ އަބުރުގެ ގާނޫނެއް ފާސްކުރަނީ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ ހުއްޓުވަން ކަމަށެވެ. އަދި، އޭގެ މިސާލުތައް ރައްޔިތުންްގެ މަޖިލީހުގެ ތެރެއިން ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ބިލުގައި ވަނީ ބުނާ ބަސްތަކަކެއްގެ ސަބަބުން، ދައްކާ ފޮޓޯއެއް ނުވަތަ ކުރެހުމެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށެވެ. އަދި، ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި މެދުވެރިކޮށް ނުވަތަ ހަދާ ފިލްމަކުން ނުވަތަ ތަމްސީލެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.

އޭގެ އިތުރުން، މީހަކު ކުރާ އިޝާރާތެއްގެ ސަބަބުން ނުވަތަ ކުރާ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް ސިފަކުރެވިފެން ނުވަތަ ވިސްނި، ދޭހަވިޔަސް އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާ ކުރެވެ އެވެ.

އަބުރުގެ ދައުވާއެއް ސާބިތުވެއްޖެ ނަމަ، ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވިދާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

https://wamco.com.mv/
tel:+9607331319