
މީރޭ ސަރުކާރުން ބާއްވާ އަހަރީ ބޮޑު ޖަލްސާ އަށް އަނބިދަރިން ގޮވައިގެން ދިއުމަށް މުއައްޒަފުންނަށް އަމުރުކުރަން ފަށައިފި!

ރިޟްވާން މޫސާ - 17 ނޮވެމްބަރު 2026 - 12:39
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ސަރުކާރުން ބާއްވަން ނިންމާފައިވާ އަހަރީ ބޮޑު ޖަލްސާ އަށް ސަރުކާރު މުއައްޒަފުން އެ ފަރާތްތަކުގެ އަނބިދަރިން ގޮވައިގެން ދިއުމަށް އިދާރާތަކުން އަންގަން ފަށައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބާއްވާ މިފަދަ ސިޔާސީ ހަރަކާތްތަކުގައި ސަރުކާރުގެ މުއައްޒަފުން ފުރިހަމަ އަށް ބައިވެރިކުރުމަށް މީގެ ކުރިން ވެސް ވަނީ މުއައްޒަފުންނަށް މަޖުބޫރުކުރާ ބައެއް މައްސަލަތައް ފެންމަތިވެފަ އެވެ.
ސެންޓްރަލް ޕާކުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ ޕީއެންސީގެ 3 ވަނަ އަހަރީ ދުވަހުގެ ޖަލްސާ އަށް ދާއިރު ކޮންމެ މުއައްޒަފަކު ވެސް އެ މުއައްޒަފެއްގެ އަނބި މީހާ ނުވަތަ ފިރި މީހާ، ދަރިން، އަދި އާއިލާގެ މެންބަރުން ވެސް ގެންދިއުމަށް އެދި ދައުލަތުގެ އިދާރާތަކުގެ ވެރިން ވަނީ އެ ވެރިންގެ ދަށުން މަސައްކަތް ކުރާ މުއައްޒަފުންނަށް އަންގާފަ އެވެ.
މިފަދަ އެންގުން ތަކެއް ބައެއް މުއައްޒަފުންނަށް އަންގާފައިވާ ކަން "އަސްލުޓީވީ" އަށް ވަނީ ބައެއް ފަރާތްތަކުގެ ދެއްވާފައިވާ މައުލޫމާތު ތަކުން އެނގިފަ އެވެ.
ސަރުކާރުން އެންމެ ފަހުން ބޭއްވި އިހްތިރާމް އަދާކުރުމުގެ ޖަލްސާ އަށް ވެސް މުއައްޒަފުން ދިއުމަށް މަޖުބޫރު ކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު މި ޖަލްސާ އަށް ހާޒިރުވި ބައެއް ފަރާތްތަކުން "އަސްލުޓީވީ" އަށް ބުނެފައިވަނީ ޖަލްސާ އަށް ދިޔައީ ވަޒީފާގެ ބިރަށްޓަކައި އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
ސިޔާސީ ފިކުރު ތަފާތުވުމާ ގުޅިގެން މި ސަރުކާރުން ދަނީ ވަޒީފާ އަދާކުރަމުންދާ މުއައްޒަފުންނަށް ވެސް ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ތަފާތު އިންޒާރުތައްީ އަދި ވަޒީފާ އިންވެސް ވަކިކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވަރަ އެކްސްޕޯ 2026 ގެ ގޯލްޑް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް
8 ގަޑިއިރު ކުރިން

ގއ ނިލަންދޫ ސިއްޙީ މަރުކަޒުގެ ވީދިފައިވާ ދިދަ އަލުން ރަނގަޅުކޮށްފިން: ކައުންސިލް
8 ގަޑިއިރު ކުރިން

ފެނަކަ ސައީދުގެ ކިބައިން އެމްޕީ ފިރުޝާން މާފަށް އެދިއްޖެ!
12 ގަޑިއިރު ކުރިން

ޕީއެންސީ ފިކުރުގެ އިހުތިރާމުގެ ސުންނަތް ދެމިއޮންނަނީ ފަސް އަހަރުދުވަހަށް: ފިއްޓޭ
12 ގަޑިއިރު ކުރިން


