
ވަރަ އެކްސްޕޯ 2026 ގެ ގޯލްޑް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް

ރިޟްވާން މޫސާ - 17 ނޮވެމްބަރު 2026 - 11:09
ނޮވެންބަރު 26 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ" (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެއްޖެއެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ދާއިރާތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ވަޒީފާދޭ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މީގެ އިތުރުން، ކެރިއަރ ކައުންސެލިންގ ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެއެވެ.
މި އެކްސްޕޯގައި ބީއެމްއެލްގެ ފަރާތުން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ ތަމްރީނުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެއެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
ދިވެހި ޒުވާނުންގެ ތައުލީމާއި، ހުނަރުވެރިކަން އިތުރުކޮށް، ވަޒީފާގެ ދާއިރާއިން ކުރިއަށްދިއުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސްއިންވަނީ 2025 ވަނަ އަހަރު ބޭއްވި ވަރަ އެކްސްޕޯގެ މެއިންސްޕޮންސަރެއްގެ ގޮތުގައިވެސް ބައިވެރިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މީރޭ ސަރުކާރުން ބާއްވާ އަހަރީ ބޮޑު ޖަލްސާ އަށް އަނބިދަރިން ގޮވައިގެން ދިއުމަށް މުއައްޒަފުންނަށް އަމުރުކުރަން ފަށައިފި!
6 ގަޑިއިރު ކުރިން

ގއ ނިލަންދޫ ސިއްޙީ މަރުކަޒުގެ ވީދިފައިވާ ދިދަ އަލުން ރަނގަޅުކޮށްފިން: ކައުންސިލް
8 ގަޑިއިރު ކުރިން

ފެނަކަ ސައީދުގެ ކިބައިން އެމްޕީ ފިރުޝާން މާފަށް އެދިއްޖެ!
12 ގަޑިއިރު ކުރިން

ޕީއެންސީ ފިކުރުގެ އިހުތިރާމުގެ ސުންނަތް ދެމިއޮންނަނީ ފަސް އަހަރުދުވަހަށް: ފިއްޓޭ
12 ގަޑިއިރު ކުރިން


