logo
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު އަދި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު އަދި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން

ފެނަކަ ސައީދުގެ ކިބައިން އެމްޕީ ފިރުޝާން މާފަށް އެދިއްޖެ!

profile

ރިޟްވާން މޫސާ - 17 ނޮވެމްބަރު 2026 - 06:56

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާ ގުޅޭގޮތުން މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން ސައީދުއާއި އޭނާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.

https://wamco.com.mv/

ފިރުޝާންގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި މިއަދު ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އާއި ބެހޭގޮތުން މީގެ ކުރިން ހަގީގަތާއި ޙިލާފު ވާހަކަތައް ދެކެވިފައި ހުންނާނެ ކަމަށާއި، އެކަންކަމަށް ސައީދު އާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުންވެސް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފިރުޝާން ވިދާޅުވީ، ކުރިމަތިވި ގިނަގުނަ ގޮންޖެހުންތަކާއެކު ވެސް ސައީދު ފެނަކައިގެ މަސްއޫލިއްޔަތުތައް އަދާކުރައްވާފައިވަނީ އިޚްލާސްތެރި ނިޔަތަކާއެކު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ.

Hussain Firushan #FreePalestine 🇵🇸🇲🇻 on X: "ފެނަކާގެ ކުރިީގެ އެމްޑީ އަޚު ސަޢީދު އާ ގުޅޭގޮތަށް އަޅުގަނޑު އެކިއެކި މާޙައުލުތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ޙަގީގަތް އޮޅޭގޮތަށް ޖަޒުބާތުގައި ދެކެވިފައިވާ އެންމެހާ ވާހަކަތަކަށް ރާއްޖޭގެ ރައްޔިތުންގެ ކިބައިން އަދި ސަޢީދު އާ ޢާއިލާގެ ކިބައިން ނިހާޔަތަ… / X

އަދި އެއީ ރައްޔިތުންގެ ހެވާއި ލާބަޔަށާއި، ޒަމާންތަކަކަށް ރައްޔިތުން ތަހައްމަލްކުރަމުންދިޔަ ތަކުލީފުތަކަށް ޒަމާނާ އެކަށީގެންވާ ފެންވަރު ރަނގަޅު ހަރުދަނާ ނިޒާމެއްގެ ތެރެއިން ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމަށް މިއަދު ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދާދިފަހުން މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ، 4 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

https://wamco.com.mv/
tel:+9607331319