logo
ގއ ނިލަންދޫ ސިއްޙީ މަރުކަޒުގައި މީގެ ކުރިން ނަގާފައިވާ ވީދި ބާވެ ވީރާނަވެފައިވާ ދިދައިގެ ފޮޓޯއެއް.

ގއ ނިލަންދޫ ސިއްޙީ މަރުކަޒުގައި މީގެ ކުރިން ނަގާފައިވާ ވީދި ބާވެ ވީރާނަވެފައިވާ ދިދައިގެ ފޮޓޯއެއް.

ގއ ނިލަންދޫ ސިއްޙީ މަރުކަޒުގެ ވީދިފައިވާ ދިދަ އަލުން ރަނގަޅުކޮށްފިން: ކައުންސިލް

profile

ރިޟްވާން މޫސާ - 17 ނޮވެމްބަރު 2026 - 11:08

ގއ ނިލަންދޫ ސިއްޙީ މަރުކަޒުގައި ނަގާފައިވާ ގައުމީ ދިދަ ބާވެ ވީދި ހަލާކުވެފައިވާ މަންޒަރު މީސް މީޑިޔާގައި ދައުރުވާން ފެށުމުން އެ ދިދަ އަލުން ރަނގަޅުކޮށް އައު ދިދަ އެއް ސިއްޙީމަރުކަޒުގައި ނަގާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

https://wamco.com.mv/

މީސް މީޑިޔާގައި ދައުރުވަމުންދާ އެރަށު ސިއްޙީ މަރުކަޒުގައި ނަގާފައިވާ ވީދިފައިވާ ދިދަ އާއި ބެހޭގޮތުން ބައެއް ފަރާތްތަކުން ވަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒަށް މަލާމާތުގެ ގޮތަކަށް ބައެއް ޕޯސްޓްތައް ކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ "އޭމިހިރަ ދިދަ އާއެވެ. އިޙްތިރާމް އަދާ ކުރައްވާށެވެ" މިހެންނެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ފޮޓޯއަކީ ސައްޙަ ފޮޓޯއެއްނަމަ އެ މަރުކަޒާއި ހަވާލުވެގެން ތިބި ސަރުކާރުގެ ވެރިންނަށް އަދަބު ދޭން ޖެހޭނެ ކަމަށެވެ. އަނެއްބަޔަކު ފާހަގަކޮށްފައިވަނީ ގައުމީ ދިދަ ވީދި ކުދިކުދި ވެފައިވާ މަންޒަރު ފެނުމަކީ ގައުމު ވީދި ފުނޑުފުނޑު ވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

"އަސްލުޓީވީ" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުން ބުނީ އެރަށުގެ ސިއްހީ މަރުކަޒުގައި ނަގާފައިވ ދިދަ ވީރާނަ ވެފައިވާ ކަމަށާއި، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވީދި ހަލާކުވެފައިވާ މި ދިދަ މިހާރު އާ ދިދަ އަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ގައުމީ ދިދަ އަކީ ދިވެހިރާއްޖޭގެ އެންމެ އިއްޒަތުގެ އެއް ނިޝާން ކަމުގައިވާއިރު ގައުމީ ދިދަ އަށް މުޙާތަބު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ވެސް ވަނީ މީގެ ކުރިން ދިދަ އަށް އިޝާރާތް ކުރައްވައި ދިވެހި ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލް ރައްކާތެރި ކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

https://wamco.com.mv/
tel:+9607331319