logo

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މައްސަލަ ރިޕޯޓުކުރަން ނަންބަރެއް

profile

އާމިނަތު ޝަފާ - 23 އޯގަސްޓު 2024 - 17:57

ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރާ ނަންބަރު ވަނީ މިހާރު ގާއިމުކުރެވިފައި

ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރާ ނަންބަރު ވަނީ މިހާރު ގާއިމުކުރެވިފައި

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ނަންބަރެއް ތައާރަފްކޮށްފިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ސާފުތާހިރުކަމަށް އިސްކަންދިނުމަކާ ނުލައި ތައްޔާރުކުރާ ކާބޯތަކެތީގެ މައްސަލަ ބޮޑުވެ އެފަދަ ތަންތަން ބަންދުކުރަމުން އަންނަ ދަނޑިވަޅެއްގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ

ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނުގައި ހުރި މައްސަލަތައް ރިޕޯޓްކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މިއަދު ހެލްތް މިނިސްޓްރީންވަނީ މިފަދަ ކަންކަން 7603204އަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ. މީގެ ކުރިން މިފަދަ ކަންކަން ރިޕޯޓުކުރުމަށް އިންނަނީ އުނދަގޫ ޕްރޮސެސްއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މި ނަންބަރަށް ފޮޓޯތަކާއި ވީޑިއޯތައް ވަޓްސްއަޕް އަދި ވައިބާ މެދުވެރިކޮށް ފޮނުވޭނެކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރަށް ފޮނުވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ރަނގަޅު ކުރުމުގެ އުޞޫލުތައް ކަނޑައަޅައިފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް މިއަދު އަމަލުކުރާއިރު ހަރުކަށި ފިޔަވަޅުތަކަކާއެކު މިޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް 10،000 އިން ފެށިގެން 50،000އާ ހަމައަށް ޖޫރިމަނާ ކުރާނެއެވެ.

"ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މެއި މަހުގައެވެ. މި ގާނޫނަށް މިއަދު އަމަލުކުރަން ފެށުނުއިރު

ގާނޫނަށް އަމަލުކުރަން ފެށުމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީ)އޭ އަށް ލިބިގެންދާ ބާރުތަކުގެ ތެރޭގައި ކާބޯތަކެތީގެ ގާނޫނުގެ ދަށުން ފިހާރަތަކުގައި ކާބޯތަކެތި ބެހެއްޓޭނެ މިންގަނޑުތައް ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބަލަމުންދާނެކަމަށާއި އަދި ކުރިން އެންގުމަކާއި ނުލައި، ގެތަކާއި ތަންތަނަށް ގޮސް ކާއެއްޗެހި ތައްޔާރު ކުރާގޮތް މޮނިޓަރ ކުރުމުގެ ބާރުވެސް ލިބިގެންދާނެކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެއެވެ.

ކާބޯތަކެއްޗަކީ އާންމު ފަރުދުން ގެ ރައްކާތެރިކަމާއި ގުޅިފައިވާ ކަމެއް ކަމަށްވާތީ މިފަދަ މަސައްކަތް ކުރާ ފަރާތްތަކުން އާއްމުންގެ ރައްކާތެރިކަމަށް ފަރުވާތެރިވެ މިފަދަ ކަންކަން ކުރުމަށް މިނިސްޓްރީ އޮފް ހެލްތު އަދި އެމްއެފްޑީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ކަންކަމާއި ޚިލާފުވާ ފަރާތްތަކަށް، ކާބޯތަކެތީގެ ގާނޫނުގެ ދަށުން ތަންތަން ޖޫރިމަނާކޮށް، ލައިސެންސް ހިފަހައްޓައި، އަދި އެ ތަންތަނުގެ މައުލޫމާތު އާންމު ކުރުމުގެ އިޚްތިޔާރު ވެސް އެމް.އެފް.ޑީ.އޭ. އަށް ލިބޭނެއެވެ.

https://int.etukuri.mv/
tel:+9607331319