
ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ކުރިން އެންގުމަކާ ނުލައި ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައި
ކާބޯތަކެތީގެ ގާނޫނަށް އަމަލުކުރަން ފެށުމުން އެންގުމަކާއި ނުލައި ޗެކްކުރަނީ

އާމިނަތު ޝަފާ - 20 އޯގަސްޓު 2024 - 17:37
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ފިހާރަތަކުގައި އަމިއްލަ ފަރާތްތަކުން ތައްޔާރުކޮށް، ވިއްކާ ކާބޯތަކެތި ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭތޯ ބަލަމުންދާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
ކާބޯތަކެތީގެ ގާނޫނަށް މި އޮގަސްޓްމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަން ދެން ކަށަވަރުކުރާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންކަމަށެވެ.
ގާނޫނަށް އަމަލުކުރަން ފެށުމުން އެމްއެފްޑީއޭ އަށް ލިބިގެންދާ ބާރުތަކުގެ ތެރޭގައި ކާބޯތަކެތީގެ ގާނޫނުގެ ދަށުން ފިހާރަތަކުގައި ކާބޯތަކެތި ބެހެއްޓޭނެ މިންގަނޑުތައް ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބަލަމުންދާނެކަމަށާއި އަދި ކުރިން އެންގުމަކާއި ނުލައި، ގެތަކާއި ތަންތަނަށް ގޮސް ކާއެއްޗެހި ތައްޔާރު ކުރާގޮތް މޮނިޓަރ ކުރުމުގެ ބާރުވެސް ލިބިގެންދާނެކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެއެވެ.
ކާބޯތަކެއްޗަކީ އާންމު ފަރުދުން ގެ ރައްކާތެރިކަމާއި ގުޅިފައިވާ ކަމެއް ކަމަށްވާތީ މިފަދަ މަސައްކަތް ކުރާ ފަރާތްތަކުން އާއްމުންގެ ރައްކާތެރިކަމަށް ފަރުވާތެރިވެ މިފަދަ ކަންކަން ކުރުމަށް މިނިސްޓްރީ އޮފް ހެލްތު އަދި އެމްއެފްޑީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ކަންކަމާއި ޚިލާފުވާ ފަރާތްތަކަށް، ކާބޯތަކެތީގެ ގާނޫނުގެ ދަށުން ތަންތަން ޖޫރިމަނާކޮށް، ލައިސެންސް ހިފަހައްޓައި، އަދި އެ ތަންތަނުގެ މައުލޫމާތު އާންމު ކުރުމުގެ އިޚްތިޔާރު ވެސް އެމް.އެފް.ޑީ.އޭ. އަށް ލިބޭނެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށުމަށް އެކަމާއި ގުޅިގެން ހަދަން ޖެހޭ ޤަވާޢިދުތަކުގެ މަސައްކަތް އެމް.އެފް.ޑީ.އޭ އިން މިހާރު ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން