logo

ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓް ކުރެވޭގޮތް ހަދައިފި

profile

އާމިނަތު ޝަފާ - 12 ސެޕްޓެމްބަރު 2024 - 18:30

އެމްޕޮކްސްއަށް ޓެސްޓްކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައި

އެމްޕޮކްސްއަށް ޓެސްޓްކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައި

ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ.

ޑަބްލިޔު އެޗްއޯ އިން މިއަދު ވަނީ އެމްޕޮކްސް އަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް މިނިސްޓްރީ އަށް ހަދިޔާކޮށްފައެވެ.

މި ތަކެއްޗާއި ހެލްތް މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފްއެވެ. ޑަބްލިޔުއެޗްއޯގެ ފަރާތުން މި ޓެސްޓް ކިޓްތައް ޙަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރ ޑރ. ޕަޑްމަލް ޑި ސިލްވަރއެވެ.

އެމްޕޮކްސްއަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުންކަމަށާއި އެހެން ނަމަވެސް އެމްޕޮކްސްއަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ.

މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ.

މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319