
ޑރ. އަޝްރަފް
އެމްޕޮކްސްއާ ގުޅިގެން އިދާރާތައް ތައްޔާރީ ހާލަތަށް

އާމިނަތު ޝަފާ - 18 އޯގަސްޓު 2024 - 09:27
އެމްޕޮކްސް ބައްޔާ ގުޅިގެން ކަމާގުޅޭ އިދާރާތައް ތައްޔާރީ ހާލަތަށް އަތުވެއްޖެއެވެ.
މި މަހުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވަނީ އެމްޕޮކްސްއަކީ ދުނިޔޭގެ އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ކަނޑައަޅާފައެވެ.
އެއާއެކު ރާއްޖެއިންވެސް މިކަމަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާއިރު މިކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސް ޑރ. އަހުމަދު އަޝްރަފު ވިދާޅުވީ މިއީ އެފްރިކާގެ ގައުމުތަކުގައި ފެތުރިފައި އޮތް ބައްޔެއްކަމުގައިވިޔަސް ދުނިޔޭގެ ދަތުރުފަތުރު އޮންނަ ގޮތުން ރާއްޖެއަށް ބަލި އައިސްފާނެ ހާލަތަކަށް ތައްޔާރަށް އޮތަކަމަށެވެ.
މިހާރު މިކަމުގެ ޓެކްނިކަލް އެޑްވައިޒަރީ ބޯޑު އެކުލަވާލައި ބާއްވަން ޖެހޭ ބައްދަލުވުންތައްވެސް ބޭއްވިފައިވާކަން ފާހަގަކުރައްވައި ޑރ. އަޝްރަފް ވިދާޅުވީ މަސައްކަތްކުރަމުން އަންނަނީ ހެލްތް މިނިސްޓްރީއާއި އެޗްޕީއޭއާއި އިމިގްރޭޝަން ގުޅިގެންކަމަށެވެ.
މި ބައްޔާ ގުޅޭ މައުލޫމާތުތައް ހޮސްޕިޓަލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާއިރު ހެލްތް މިނިސްޓްރީގެ ހޮޓްލައިން ކުރިއަށްއޮތް 2 ދުވަހެއްގެ ތެރޭގައި ގާއިމުކުރެވިގެންދާނެކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.
"ރާއްޖެއިން ބޭރުން ރާއްޖެ އަންނަ މީހުން ގެ މައުލޫމާތު ނެގުމުގެ މަސައްކަތް މިފެށީ. ރިސްކަށް ބަލާއިރު ރާއްޖެއަށް ބަލި ފެތުރުމުގެ ރިސްކު ބޮޑެއް ނޫން. ކޭސް ފެނިއްޖެނަމަ އެކަހެރިކޮށް ފަރުވާދެވޭނެ. ހޭލުންތެރިވުން މުހިންމު . މިއީ އެހާ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ނޫން".
ޑރ. އަޝްރަފްވަނީ ބޭރު ގައުމުތަކަށް ދިއުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. މިކަމުގައިވެސް ގެންގުޅޭނީ ކޮވިޑް 19 ގައި އެޅުނު ފިޔަވަޅުތައްކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.
އެމްޕޮކްސްގެ އަލާމާތްތަކަށް ފަރުވާދެވޭނެ ގާބިލުކަން އެބަހުރިކަމަށް މިއަދު ބޭއްވި ސެޝަންގައި މިނިސްޓްރީން ވަނީ ބުނެފައެވެ. އެމްޕޮކްސްގެ ސްޓްރެއިންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އަދި ސީދާ އެބައްޔަށް ވެކްސިންއެއް ލިބިފައި ނުވިނަމަވެސް އެ ބަލީގެ އަލާމާތްތަކަށް ދޭންޖެހޭ ސަޕޯޓިވް ޓްރީޓްމަންޓް ދެވޭނެކަމަށާއި އެގޮތުން ބަލާއިރު މި ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރަމުން އަންނަނީ ސްމޯލް ޕޮކްސްއަށް ބޭނުންކުރާ ވެކްސިން ކަމަށް އެޗްޕިއޭއިން މައުލޫމާތުދިނެވެ.
އަދި ހެލްތް މިނިސްޓަރ އަބްދުﷲ ހަލީލުގެ އިރުޝާދުގެ ދަށުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަގުތަކާއި އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަ: ހައްލު ބޭނުންވެފައިވާ އިޖުތިމާއީ ބޮޑު ކާރިސާއެއް!
2 ދުވަސް ކުރިން
އީވާން ނަސީމްގެ މަރަކީ ޖަލުތަކުގެ ލާއިންސާނީ އަނިޔާ ހާމަވެ، އިސްލާހީ ބަދަލަށް މަގުފަހިކުރި ހާދިސާއެއް: ފައްޔާޒް
2 ދުވަސް ކުރިން

ޕާކިސްތާނުގެ މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 21 މީހުން މަރުވެ، 103 މީހުން ޒަޚަމްވެއްޖެ
3 ދުވަސް ކުރިން
.jpg&w=3840&q=75)
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސް އިޞްލާޙު ގެންނަވައިފި
3 ދުވަސް ކުރިން


