
ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް
އެމްޕޮކްސް ފެތުރޭކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އާމިނަތު ޝަފާ - 13 ސެޕްޓެމްބަރު 2024 - 10:51
ރާއްޖޭގައި އެމްޕޮކްސް ފެތުރެމުންދާކަމަށް ބުނެ ފަތުރަމުން އަންނަ ހަބަރުތައް ހެލްތު މިިނިސްޓަރ ޑރ. އަބުދުﷲ ހަލީލް ދޮގުކުރައްވައިފިއެވެ.
ރާއްޖެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާ ކަމަށްބުނެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ހަބަރުތަކާ ގުޅިގެން މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާކަމަށް ބުނެ ދައުރުވަމުންދަނީ ދޮގު ވާހަކަތަކެއްކަމަށާއި މިހާތަނަށް އެމްޕޮކްސްގެ އެއްވެސް ކޭސްއެއް ރާއްޖެއިން ފެނިފައިނުވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަސް ކަމަށްވާއިރު އަދި ހެޔޮކަން ކަމަށް ގޮވާލާ އަމަލުތައް ގިނަކުރަން ނަސޭހަތް ލިބިގަންނަންވީ ދުވަސް ކަމަށްވާއިރުވެސް މިފަދަ ދޮގު ހަބަރު ފަތުރަމުން ދާ ދިއުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރު ކުރުމަށް ކުރާ ކަމެއްކަމަށެވެ. އަދި މި މައްސަލަ އެމްއެމްސީއަށް ހުށަހަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އެކު ރާއްޖޭގައި އެމްޕޮސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި ފަރުވާގެ ނިޒާމުވެސް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.
އެގޮތުން ޑަބްލިޔު އެޗްއޯ އިން ވަނީ އެމްޕޮކްސް އަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް މިނިސްޓްރީ އަށް ހަދިޔާކޮށްފައެވެ.
އެމްޕޮކްސްއަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުންކަމަށާއި އެހެން ނަމަވެސް އެމްޕޮކްސްއަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން