logo

ރަޖިސްޓްރީނުކޮށް ސިއްހީ ހިދުމަތް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

profile

އައިޝަތު އިނާޝާ - 12 ސެޕްޓެމްބަރު 2024 - 17:10

ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް

ރަޖިސްޓްރީނުކޮށް އަދި ލައިސަންސެއް ނުހޯދައި ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖޭގައި ސިއްހީ އެއްވެސް ހިދުމަތެއް ދެވޭނީ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އެ ތަން ރަޖިސްޓްރީކޮށް އަދި އޮޕަރޭޓިން ލައިސެންސް ހޯދުމަށް ފަހުއެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައި ވާ ގޮތުގެމަތިން ރަޖިސްޓްރީނުކޮށް އަދި ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ ކުށެކެވެ. މި ފަދަ ފަރާތްތަކާ ދޭތެރޭ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަލާނެ ކަމަށް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.

ސިއްހީ ހިދުމަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ދަށުން އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ރާއްޖޭގައި ދެވޭނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ފަހު އޮތް ނަމަވެސް ބައެއް ފަރާތްތަކުން ހުއްދަ ނުހޯދައި ސިއްޙީ ޚިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

tel:+9607331319