logo

މާލޭ ސަރަހައްދުގައި ތިން ފްލޫ ކުލިނިކެއް ގާއިމުކޮށްފި

profile

ޒިދާން މުޙައްމަދު - 01 ޖުލައި 2024 - 21:57

އައިޖީއެމްއެޗް

އައިޖީއެމްއެޗް

ސިއްހަތާ ބެހޭ ވުޒާރާއިން މާލެ އާއި މާލެ ސަރަހައްދުގެ ބައެއް ތަންތަނުގައި ފްލޫ ކްލިނިކްތަކެއް ގާއިމުކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ ހާއްސަ ފްލޫ ކްލިނިކުތައް ހުޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ އަދި ވިލިމާލޭގައި ކަމަށެވެ.

މި ފްލޫ ކްލިނިކްތައް ގާއިމު ކުރީ ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން އެނބުރި އަންނަމުންދާ ދުވަސްވަރަކަށް ވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެ ފަރާތްތަކަށް ހާއްސަކޮށްގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމައި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް ފިޔަވަޅު މި ކްލިނިކުތަކުގެ ސަބަބުން އެޅޭނެ، ކަމަށްވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް މެނޭޖްކުރުމަށް ހާއްސަ ކްލިނިކްތައް ގާއިމްކޮށްފަ ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

މި ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ޙައްޖުން އެނބުރި އަންނަ އެއްވެސް ހައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ، އެ ކްލިނިކްތަކުގެ ބޭނުން ހިފުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

tel:+9607331319