
ޗެމްޕިއަންސް ލީގުގައި މިކުރާ ދަތުރަކީ މުޅި އަހަރަށްވެސް މުހިންމު ތަޖުރިބާއެއް – އެސްޓޮން ވިލާގެ ކޯޗް

މުޙައްމަދު ޞާދިޤް - 23 އޮކްޓޯބަރު 2024 - 08:06
ޔޫއެފާ ޗްމްޕިއަންސް ލީގުގައި ކުރަމުންމިދާ ދަތުރަކީ މުޅިއަހަރަށް ބަލާއިރުވެސް ވަރަށް މުހިންމު ތަޖުރިބާ ތަކެއް ކަމަށް އެސްޓޮން ވިލާގެ ކޯޗް އުނޭ އެމެރީ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެސްޓޮންވިލާ މިހާތަނަށް ކުޅުނު ތިން މެޗްވެސް އެޓީމްވަނީ ކާމިޔާބުކޮށްފައެވެ. އެންމެފަހުން ރޭ އެޓީމް މޮޅުވީ އިޓަލީގެ ބޮލޯނާއާ ދެކޮޅަށް ކުޅެ 2-0 އިންނެވެ. ރޭގެ މެޗްގައި އެޓީމަށް ދެލަނޑު ކާމިޔާބުކޮށްދިނީ ޖޯން މެކްޖިނާއާއި ޖޯން ދުރާންއެވެ. މި ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. އެސްޓޮންވިލާ ވަނީ ޔަންގް ބޯއީސްއާއި ޖަރުމަނުގެ ގަދަބާރު ބަޔާން މިޔުނިކްވެސް ބަލިކޮށްފައެވެ. ލީގު ތާވަލްގެ ކުރީގައި އެޓީމް އެޮތީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ.
މިމެޗަށްފަހު ކޯޗް އެމެރީބުނީ "ޗެމްޕިއަންސް ލީގަގަކީ ޙަޤީޤަތުގައިވެސް އުނދަގޫ ލީގެއް ކަމަށާއި، ނަމަވެސް ވިލާއިން ދައްކުވައިދެނީ ވަރަށް ޓީމްވަންތަ މޮޅު ކުޅުމެއް ކަމަށެވެ. އަދި މުޅި ޓީމްގެ ހިތްވަރަށް ބަލާއިރު މޮޅަކީ އެޓީމަށް ހަމަ ޙައްޤު އެއްޗެއްކަމަށެވެ."
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އެސްޓޮންވިލާއަށް 5 މެޗް އަދިވެސް އެބައޮތެވެ. އެއީ ކްލަބް ބްރުޖް، ޔުވެންޓަސް، ލެއިޕްޒިގް، މޮނާކޯ އަދި ސެލްޓިކްއެވެ.
ގުޅުން ހުރި ޙަބަރުތައް

އާސެނަލް އާއި ބަޔާން މިޔުނިކް ހަމަބިމަށް ތިރިކޮށްފި
2 މަސް ކުރިން

ލިވަޕޫލްގެ ދަނޑުގައި ޕީއެސްވީ އިން އެޓީމު ލަދުގަންނަވާލައިފި
2 މަސް ކުރިން

އެމްބާޕޭގެ ހަތަރު ލަނޑާއެކު، އޮލިމްޕިއާކޯސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
2 މަސް ކުރިން

ޗެމްޕިއަންސް ލީގު ޕްލޭ އޮފްގެ ޖާގައެއް ނާޒުކު ހާލަތެއްގައި އޮތް ސިޓީން ކަށަވަރުކޮށްފި
އަހަރެއް ކުރިން


