logo
IMG_4478.jpeg

IMG_4478.jpeg

ބެޔާން މިއުނިކް ބަލިކޮށް ޗެމްޕިއަންސް ލީގު ސެމިފައިނަލް އަށް މެންޗިސްޓާ ސިޓީ

profile

އަޙްމަދު ތަސްލީމް - 20 އޭޕްރީލު 2023 - 08:33

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ މެންޗެސްޓާ ސިޓީން 1-1 އިން އެއްވަރުވި ނަމަވެސް އަމިއްލަ ދަނޑުގައި ޖެހި ގޯލުން ކުރިހޯދައިގެން މެންޗިސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

https://wamco.com.mv/

ބެޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް މެޗުގައި ސިޓީ އިން ފުރަތަމަ ލީޑު ނެގީ 57 ވަނަ މިނިޓުގައި ކެވިން ޑިބްރޭނނާ ދިން އެސްޓަކުން ހާލަންޑްއެވެ. އެގޮތުން މި ގޯލާއެކު ހާލަންޑް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި 12 ގޯލު ޖަހާފައެވެ.

ބެޔާނުން ނަތީޖާ އެއްވަރު ކުރީ 83 ވަނަ މިނިޓުގައި ކިމިޗް ވައްދާލި ޕެނަލްޓީއިންނެވެ.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މި ސީޒަންގެ ސެމީ ފައިނަލް ކުޅެން ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk