
IMG_4325.jpeg
ފުރަތަމަ ލެގުގައި ސިޓީއިން ބެޔާން ބަލިކޮށްފި

އަޙްމަދު ތަސްލީމް - 12 އޭޕްރީލު 2023 - 06:43
ޔުއެފާ ޗެމްޕިއަންސްލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މިއުނިކް 3-0 ގެ ނަތީޖާއަކުން ބަލިކޮށް މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ސެމީ ފައިނަލްއާ ގާތަށް ޖެހިލައިފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ގޯލު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ. އެއީ ބަޔާންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބޯޅައެއް ގޯލް ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.
ސިޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާ އެވެ. އަދި ސިޓީގެ ތިންވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ.
ކުއާޓާ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ބަޔާން މިއުނިކްގެ ދަނޑުގައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ޗެލްސީ އިން ނުކުންނާނީ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް
މަހެއް ކުރިން

އާސެނަލް އާއި ބަޔާން މިޔުނިކް ހަމަބިމަށް ތިރިކޮށްފި
4 މަސް ކުރިން

ލިވަޕޫލްގެ ދަނޑުގައި ޕީއެސްވީ އިން އެޓީމު ލަދުގަންނަވާލައިފި
4 މަސް ކުރިން

އެމްބާޕޭގެ ހަތަރު ލަނޑާއެކު، އޮލިމްޕިއާކޯސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
4 މަސް ކުރިން


.gif&w=3840&q=75)