.jpeg&w=3840&q=75)
ކުލަބު ވޯލްޑްކަޕްގެ ފައިނަލުގައި ޗެލްސީގެ ޕަލްމާ ޕީއެސްޖީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ޗެލްސީ އިން ނުކުންނާނީ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް

ހަސަން ޝަމްއޫން - 27 ފެބްރުއަރީ 2026 - 16:06
ޔުއެފާ ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ގުރުލުން މިއަދު ބޭއްވިއިރު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން މިދިޔަ އަހަރު ބޭއްވުނު ކުލަބު ވޯލްޑްކަޕްގެ ފައިނަލުގައި އެޓީމު ބަލިކުރި ޗެލްސީ އާއި ވާދަކުރަން ޖެހިއްޖެއެވެ.
ޗެލްސީ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަހޯދީ ލީގުބުރުގެ ހަވަނަ ޓީމުގެ ގޮތުގައެވެ. އަދި ލީގުބުރުގެ 11 ވަނަ ހޯދި ޕީއެސްޖީ ދެވަނަ ބުރުގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން މޮނާކޯ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުލަބު ވޯލްޑްކަޕްގެ ފައިނަލުގައި ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗު މާޗު މަހުގެ 12 ވަނަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގުގެ މެޗު ޗެލްސީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ. އަދި މިދެމެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.
ދެވަނަ ބުރުގައި ކުޅޭ އިތުރު މެޗުތައް:
ރެއާލް މެޑްރިޑް - މެންޗެސްޓާ ސިޓީ
ބާސެލޯނާ - ނިއުކާސަލް ޔުނައިޓެޑް
އާސެނަލް - ބަޔާ ލެވަކޫސަލް
އެތްލެޓިކޯ މެޑްރިޑް - ޓޮޓެންހަމް
ބޯޑޯ/ ގްލިމްޓް - ސްޕޯޓިންގ ލިޒްބަން
ބަޔާން މިޔުނިކް - އެޓަލާންޓާ
ލިވަޕޫލް - ގަލަތަސަރާއީ
ގުޅުން ހުރި ޙަބަރުތައް

ރޮނާލްޑޯ އަދި ކޯމަންގެ ލަނޑުތަކާއެކު އަލް އަހްލީ ބަލިކޮށް އަލް ނަސްރުން ލީގު ހޯދުމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފި
4 މަސް ކުރިން

އެތްލެޓިކޯ މެޑްރިޑުން އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފި
4 މަސް ކުރިން

އަމިއްލަ ދަނޑުގައި ޑަމަކް އަތުން އަލް ހިލާލްއަށް އުނދަގޫ މޮޅެއް
4 މަސް ކުރިން

ފަހަތުން އަރައި ޕީއެސްޖީ އިން ބަޔާން މިޔުނިކު ބަލިކޮށްފި
5 މަސް ކުރިން


