logo
އާސެނަލް އާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި ބަޔާން މިޔުނިކް ހަމަބިމަށް ތިރިކޮށްފި

profile

ހަސަން ޝަމްއޫން - 26 ނޮވެމްބަރު 2025 - 23:25

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

https://wamco.com.mv/

ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް 3-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަނޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އާސެނަލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖޫރިއެން ޓިމްބަރ އެވެ.

ނަމަވެސް އޭގެ 10 މިނެޓްފަހުން ބަޔާން މިޔުނިކުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ލެނާޓް ކާލް އެވެ. މިއީ އުމުރުން 17 އަހަރުގެ މިޑްފީލްޑަރު ޗެމްޕިއަންސް ލީގުގައި އެޓީމަށް ކުޅުނު ދެމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މިމެޗުގައި ދެވަނަ ފަހަރަށް ލީޑުހޯދީ ފަހުހާފުގެ 69 ވަނަ މިނެޓިގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ނޯނީ މަޑުއެކޭ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް މާޓިނެލީ އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތްއިރު، މިމެޗުން ބަލިވި ބަޔާން މިޔުނިކް ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ބަޔާން މިޔުނިކުން މިސީޒަނުގައި މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން 17 މެޗުން މޮޅުވެފައިވާއިރު، އެއްމެޗު ވަނީ އެއްވަރުވެފައެވެ. އަދި މިއީ އެޓީމު ބަލި ފުރަތަމަ މެޗެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay