
IMG_4202.jpeg
ސައުތްހެމްޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ހާލަންޑް ކުޅޭނެ: ގާޑިއަޯލާ

އަޙްމަދު ތަސްލީމް - 07 އޭޕްރީލު 2023 - 17:23
އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ސައުތުހެމްޓަންގައި ކުޅޭ މެޗަށް އެނބުރި އައުމަށް އެރްލިންގް ހާލަންޑް ތައްޔާރަށް ހުރި ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގްރޮއިން އަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ ހަފުތާގައި އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 4-1 އިން މޮޅުވި މެޗު ހާލަންޑަށް ގެއްލުނު ނަމަވެސް، މި ހަފުތާގައި ހާލަންޑް އެނބުރި ޕްރެކްޓިހަށް ނުކުތްއިރު ގާޑިއޯލާ ވަނީ ސައުތްހެމްޓަން އާ ދެކޮޅަށް ކުޅެވޭނެ ކަން ކަށަވަރުކޮށްދީފަ އެވެ.
"މިދިޔަ ދެ ދުވަހު ހާލަންޑް ތަމްރީނުކުރި، އަދި މެޗަށް ނުކުންނަން ހާލަންޑް މިހާރު ފިޓްވާނެ" ގާޑިއޯލާ ބުންޏެވެ.
މެންޗިސްޓާ ސިޓީ އަންނަ ހަޕްތާގައި ޖަރުމަން ޗެމްޕިއަން ބެޔާން މިއުނިކް އާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ކުޅޭއިރު ގާޑިއޯލާއަށް އެއްމެ މުހިންމު އެއް ކުޅުންތެެރިއަކަށްވެސް ހާލަންޑް ވާނެއެވެ.
ހާލަންޑް ވަނީ މި ސީޒަނުގައި ސިޓީއަށް ކުޅުނު ހުރިހާ މުބާރާތެއްގައި ކުޅުނު 37 މެޗުގައި 42 ލަނޑު ކާމިޔާބުކޮށް، ހަ ހެޓްރިކް ވެސް ހަދާފައެވެ.އެގޮތުން ހާލަންޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ގޯލްޑަން ބޫޓް ރޭހުގައި ވެސް 28 ގޯލާއެކު ކުރީގައިއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަދި މުސަޅު ހެދިގެން އުޅޭކަށް ނުވެ އެވެ!
16 ގަޑިއިރު ކުރިން
ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ: ސަރުކާރު
16 ގަޑިއިރު ކުރިން

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާނެހެން: ހާރިޖީ ވަޒިރު
16 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)