
ވަތަނީ ހިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު / ފޮޓޯ: ރައީސް އޮފީސް
ކަނޑު ބަލަހައްޓަން އިތުރު 17 އުޅަނދު ގެންނަނީ

މުޙައްމަދު ފަޟްލޫން - 05 އޮކްޓޯބަރު 2026 - 04:05
ރާއްޖެގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ބޭނުންކުރަން އިތުރު 17 އުޅަނދު ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންދާ ކަމަށް ވަތަނީ ހިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވަޒީރު ވަނީ ބޭރުގެ ގައުމުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން ދިފާއުކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ސިފައިން ސާބިތުވެ ތިބި ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މިސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތުރުކީވިލާތުން އަސްކަރީ މަނަވަރެއް ހޯއްދެވުމާއި، ވައިގެ ސަރަޙައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ތަޢާރަފުކުރުމުގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މަނަވަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގައުމީ ދިފާއީ ބާރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް ގާބިލްކަން އިތުރު ކުރުމުގެ ގޮތުން 12 ސީއެމްބިއުލާންސް ބަނުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރަން 3 އުޅަނދު ހޯދިފައިވާއިރު އިތުރު 17 އުޅަނދު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން ބައެއް އުޅަނދު އަންނަ މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވިއެވެ،
މީގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން އަބަދުވެސް ފޯރުކޮށްދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
މެލޭޝިޔާގައި ހިިނގި އެކްސިޑެންޓްގައި ނިޔާވި ދަރިވަރަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
30 މިނިޓު ކުރިން

ސްކޫލް ބަސް މާލެ ސަރަހައްދަށް ތައާރަފްކުރަނީ
ގަޑިއިރެއް ކުރިން

ވަކި ލިމިޓެއްނެތި އަމިއްލަ އުޅަނދުތަކުގައި ގާކުނޑި އުކާލެވޭނެ އިންތިޒާމް ވެމްކޯ އިން ހަމަޖައްސައިފި
16 ގަޑިއިރު ކުރިން

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
16 ގަޑިއިރު ކުރިން


