logo

މެލޭޝިޔާގައި ހިިނގި އެކްސިޑެންޓްގައި ނިޔާވި ދަރިވަރަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 05 އޮކްޓޯބަރު 2026 - 04:56

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ، އާމިނަތު އިމީލީ ނާޒިމް އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި، އުމުރުން 22 އަހަރުގެ ދިވެހިޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމްގެ ޢާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ރައިސްގެ ޕޯސްޓްގައި މަރްހޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަހްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ތަނަވަސް ރަހުމަތުގައި ލެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ.

އިމިލީ އަކީ މެލޭޝިއާގެ ޓޭލާސް ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދިޔަ ދަރިވަރެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކުއާލަލަމްޕޫރުން ވިޔަފާރިކުރުމަށްފަހު، ގްރެބް ޓެކްސީއެއްގައި އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ.

ދެ ކާރު ޖެހި ހިނގި މި އެކްސިޑެންޓްގައި އިމީލީ އާއެކު އިތުރު ދިވެހި ދަރިވަރަކު ވެސް އެ ކާރުގައި އިން ކަމަށާއި، ނަމަވެސް އެ ދަރިވަރުގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

https://wamco.com.mv/
tel:+9607331319