
އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު
ސްކޫލް ބަސް މާލެ ސަރަހައްދަށް ތައާރަފްކުރަނީ

މުޙައްމަދު ފަޟްލޫން - 05 އޮކްޓޯބަރު 2026 - 04:06
ސްކޫލް ކުދިންނަށް ހާއްސަ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވަޒީރު ވަނީ ސްކޫލް ތަކާއި އޮފީސްތައް ނިމޭގަޑީގައި މާލެ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ގަޑިތަކުގައި މަގުތަކުގެ ތޮއްޖެހުން ކުޑަކުރަން ސަރުކާރުގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަން ރާވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއި ތައުލީމީ ވުޒާރާ އާއި މަޝްވަރާ ކުރެވިގެން ސްކޫލްތަކަށް ހާއްސަކޮށްގެން ދަތުރުކުރާނެ ސްކޫލް ބަސްތަކެއް އަވަސް މުސްތަގުބަލެއްގައި ތައާރަފްކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ޓްރެފިކަށް ދިމާވާ މައްސަލަތައް ހަރުދަނާކަމާއެކު ހައްލުކުރުމަށް ހާއްސަ އޮފީހެއް އުފައްދައި، މިހާރު އަމަލީ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ހާއްސަކޮށް ބާރުބޮޑުވާ ވަގުތުތަކަށް އަމާޒުކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން މާލޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރާނެ ހާއްސަ ބަސްތަކެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މާލޭގެ ބޭރު މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިންގް ރޯޑުގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މަގުތަކުގައި ޓްރެފިކް ލައިޓް ހަރުކުރުމާއި، މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ އިތުރުން، ވަކި ސީސީތަކެއްގެ އުޅަނދުތަކުން ނަގާ ފީތަކާ ގުޅޭގޮތުންނާއި މާސް ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން ގެ ދަށުން މުހިންމު ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
މެލޭޝިޔާގައި ހިިނގި އެކްސިޑެންޓްގައި ނިޔާވި ދަރިވަރަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
32 މިނިޓު ކުރިން

ކަނޑު ބަލަހައްޓަން އިތުރު 17 އުޅަނދު ގެންނަނީ
ގަޑިއިރެއް ކުރިން

ވަކި ލިމިޓެއްނެތި އަމިއްލަ އުޅަނދުތަކުގައި ގާކުނޑި އުކާލެވޭނެ އިންތިޒާމް ވެމްކޯ އިން ހަމަޖައްސައިފި
16 ގަޑިއިރު ކުރިން

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
16 ގަޑިއިރު ކުރިން


