
IMG_4229.jpeg
ވުލްވްސް އަތުން ޗެލްސީ ބަލިވިއިރު، އެވަޓަން އަތުން ޔުނައިޓެޑް މޮޅުވެއްޖެ

އަހުމަދު ލައްމާހު އަޒީޒު - 09 އޭޕްރީލު 2023 - 02:06
ގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވްސް އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވިއިރު، އެވަޓަން އަތުން 2-0ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ޓީމާއި ހަވާލުވި ފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ސަޕޯޓަރުން އުފާވާކަހަލަ ކުޅުމެއް ދެއްކިފައި ނުވެއެވެ. ވުލްވްސް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ މެޗުގެ 31 ވަނަ މިނިޓްގައި މަތެއުސް ނޫނޭޒް އެވެ. މިއީ ޗެލްސީގެ އޭރިއާތެރޭގައި ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
އެގޮތުން މިރޭގެ މެޗުން ޗެލްސީ ބަލިވިއިރު އެ ޓީމު އޮތީ 30 މެޗުން 39 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ރޭ އަމިއްލަ ދަނޑުގައި އެވަޓަން 2-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އެޓީމުން ވަނީ އެވަޓަންގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
އެގޮތުން ފުރަތަމަ ހާފުގައި އެޓީމަށް ލީޑު ނަގައިދިނީ މެކްޓޮމިނޭއެވެ. މިި ހާފުގައި ޔުނައިޓެޑްއިން ގިނަ ހަމަލާތަކެއް އެވަޓަންގެ ގޯލާ އަމާޒުކޮށް ފޮނުވާލިއިރު ކީޕަރު. ޕިކްޕޯޑުވަނީ ވަރަށް ހުށިޔާރުކަމާއެކު ހަމަލާތައް ދިފާާއު ކޮށްފައެވެ.
މެޗުގެ 71 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުފުޅާކޮށްދިން ގޯލު ޖެހީ އެންތަނީ މާޝިއަލް އެވެ. މޮޅުވިއިރު އަނިޔާގެ ސަބަބުން ދެވަނަ ހާފްގައި މާކަސް ރަޝްފޯޑް ވަނީ ބާލާފަ އެވެ.
މި މޮޅާއެކު 29 މެޗުން 56 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތީ ލީގުގެ ހަތަރުވަނައިގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން