logo
IMG_4916.jpeg

IMG_4916.jpeg

ޔޫރަޕުގެ ކިންގުން ބަލިކޮށް މެންޗިސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލް އަށް!

profile

އަހުމަދު ލައްމާހު އަޒީޒު - 18 މޭ 2023 - 05:23

ސިޓީއިން ހަތަރު ލަނޑު ޖަހައި އެގްރިގޭޓުން ނަތީޖާ 5-1 އިން ރެއާލް މެޑްރިޑު ބަލިކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ސިޓީއިން ހޯދައިފި އެވެ.

https://wamco.com.mv/

މެންޗިސްޓާ ސިޓީއިން މެޗުގައި ލީޑުނެގީ މެޗުގެ ފުރަތަމަ ހާފުގެ 23 ވަަނަ މިނިޓްގައި ބެނާޑޯ ސިލްވާ ޖެހި ގޯލުންނެވެ. އަދި މެޗުގެ ދެވަނަ ގޯލުވެސް 37 މިނުޓުގައި ކާމިޔާބުކޮށްދީފައި ވަނީ ބެނާޑޯ ސިލްވާއެވެ.

ސިޓީގެ ތިންވަނަ ލަނޑަކީ އޯން ގޯލެކެވެ. މިއީ ސީޓީގެ ކުޅުންތެރިއަކު ރެއާލް މެޑްރިޑްގެ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ޑިފެންޑަރ މިލިޓާއޯ ގައިގަ ޖެހިފަ ބައިކޮޅަށް ވަން ގޯލެކެވެ.

މެންޗެސްޓާ ސިޓީ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަަނަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އާޖެންޓީނާގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ މެޗުގެ ކުރިން ސިޓީއަށް ދެ ތަށި ހޯދުމުގެ ފުރުސަތުވެސް މިހާރު އެބައޮތެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހުޗެލްސީ އަތުން މޮޅުވެއްޖެނަމަ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ. އަދި އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް އެފްއޭ ކަޕްވެސް ކާމިޔާބުކުރެވެން މެންޗިސްޓާ ސިޓީއަށް އޮންނާނެއެވެ.

މެންޗިސްޓާ ފައިނަލްގައި ނުކުންނާނީ އިޓަލީގެ އިންޓާ މިލާންއާ ދެކޮޅަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay