
—
ކަމަވިންގާ ޔުނައިޓެޑަށް ގެންނަން 115 މިލިއަން ޕައުންޑްގެ ހުށެހެޅުމެއް

އަހުމަދު ލައްމާހު އަޒީޒު - 09 މާރިޗު 2023 - 08:47
ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އަށް މެންޗެސްޓާ ޔުނައިޓެޑުން 115 މިލިއަން ޕައުންޑް (130 މިލިއަން ޔޫރޯ) ގެ ހުށަހެޅުމެއް ހުށަހަޅަން އުޅޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ފްރާނަސްގެ ރެނައިސް އިން ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުމަށްފަހު ކަމަވިންގާ ވަނީ މިހާތަނަށް ކުޅުނު 79 މެޗުގައި 2 ގޯލާއި 3 އެސިސްޓް ހަދާފައެވެ. އަދި ކަމަވިންގާ ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިނުމުގައިވެސް ބޮޑު ރޯލެއް ކުޅެފައެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މެންޗެސްޓާ ޔުނައިޓެޑުން ދެން އަންނަ ޓްރާންސްފާއާ ދިމާކޮށް، މިހާރުވެސް ލޯނަށް ކުޅެމުން އަންނަ ސަބިޓްޒާވެސްދާއިމީކޮށް ގެނައުމަށް މަސައްކަތް ކުރާނެ އެވެ.
ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުގެ ޓާގެޓަކަށް ކަމަވިންގާ ވި ނަަމަވެސް ރެއާލް މެޑްރިޑުން ކަމަވިންގާ ގެންދެވޭނެ ވަރުގެ ބޮޑު ހުށެހެޅުމެއް ހުށަހަޅާފައި ނުވެއެވެ. ނަމަވެސް މިހާރު މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރާނީ މި އަންނަ ޓްރާންސްފާގައި 130 މިލިއަންޔޫރޯގެ ބިޑަކާ އެކު ރެއާލް މެޑްރިޑްގެ ތަރި ޔުނައިޓެޑަށް ގެންދިޔުމުގެ މަސައްކަތެވެ.
ކޮންމެ ގޮތެއް ވިޔަސް މެންޗެސްޓާ ޔުނައިޓެޑުން އޭނާ ދެކެނީ މުސްތަގުބަލުގެ ދުނިޔޭގެ ފުޓުބޯޅައިގެ މޮޅު ތަރިއެއްގެ ގޮތުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން