
IMG_4465.jpeg
ނަޕޯލީ ބަލިކޮށް އޭސީ މިލާން ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލް އަށް

އަހުމަދު ލައްމާހު އަޒީޒު - 19 އޭޕްރީލު 2023 - 08:48
ޔުއެފާ ޗެމްޕިއަންސްލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ނަޕޯލީ އާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް، އަދި އެގްރިގޭޓް ނަތީޖާ 2-1 އިން މޮޅުވެ އޭސީ މިލާނުން ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލްއަށް ދަތުރުކޮށްފިއެވެ.
ނަޕޯލިގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ލީޑުނެގުމަށް އޭސީ މިލާނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޖިރޫ ޖެހި ޕެނެލްޓީ ނަޕޯލީގެ ގޯލްކީޕަރު އެލެކްސް މެރެޓް ވަނީ މަތަކޮށްފައެވެ.
މެޗުގައި ފުރަތަމަ ލީޑުނަގައި ކުރިހޯދީވެސް އޭސީ މިލާނުންނެވެ. މިއީ ރަފައެލް ލެއާއޮ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިރޫ ކާމިޔާބު ކުރި ގޯލެކެވެ. ދެވަނަ ހާފުގައި ނަޕޯލީއަށް ނަތީޖާ އެއްވަރުކޮށްދިނީ އިތުރު ވަގުުތުގައި އޮސިމެން އެވެ.
ލީގު ތާވަލުގެ އެއްވަނައިގައި މިލާންއާ 22 ޕޮއިންޓްގެ ފަރަގެއް އޮތް ނަޕޯލީއަށް ނާޒުކު ދަނޑިވަޅެއްގައި ފޯމް ގެއްލުނުއިރު މި މެޗުގައިވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ސެމީގައި މިލާން ބައްދަލުކުރަން ޖެހޭނީ، އެ ޓީމާއި ވާދަވެރި އިންޓަ މިލާނާއި ޕޯޗުގަލްގެ ބެންފީކާ މިރޭ ކުޅެ ކާމިޔާބު ހޯދާ ޓީމަކާ އެވެ. ފުރަތަމަ ލެގު 2-0 އިން ކާމިޔާބުކުރީ އިންޓަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އާސެނަލް އާއި ބަޔާން މިޔުނިކް ހަމަބިމަށް ތިރިކޮށްފި
11 ދުވަސް ކުރިން

ލިވަޕޫލްގެ ދަނޑުގައި ޕީއެސްވީ އިން އެޓީމު ލަދުގަންނަވާލައިފި
11 ދުވަސް ކުރިން

އެމްބާޕޭގެ ހަތަރު ލަނޑާއެކު، އޮލިމްޕިއާކޯސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
11 ދުވަސް ކުރިން

ޗެމްޕިއަންސް ލީގު ޕްލޭ އޮފްގެ ޖާގައެއް ނާޒުކު ހާލަތެއްގައި އޮތް ސިޓީން ކަށަވަރުކޮށްފި
10 މަސް ކުރިން


