logo

ރައީސަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން ފަށައިފި

profile

ޝުރުފާ މުހަންމަދު - 26 ސެޕްޓެމްބަރު 2024 - 02:10

ރައީސަށް އިންޒާރުދިން ޕްރޮފައިލްގައި އިން ފޮޓޯއެއް----

ރައީސަށް އިންޒާރުދިން ޕްރޮފައިލްގައި އިން ފޮޓޯއެއް----

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް މީހަކު މަރުގެ އިންޒާރު ދީފައި ވަނީ އދގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން އެމަނިކުފާނު ތަގުރީރުކުރެއްވި ލައިވް ފީޑަކަށް ކުރި ކޮމެންޓެއްގަ އެވެ.

"އަބްލޯ މިޔާދު" ޔޫސުފްގެ ނަމުގައި ހަދާފައިވާ އައިޑީއަކުން ކުރި ކޮމެންޓުގައި ވަނީ އެމަނިކުފާނު ގަތުލުކޮށްލާނެ ކަމަށް ބުނެފަ އެވެ. އެ މައްސަލަ ސޯޝަލް މީޑިއާގައި ވެސް ހޫނުވެފައިވަނިކޮށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

The Maldives Police Service (MPS) has launched an investigation into the serious threats made against His Excellency, President Dr. Mohamed Muizzu. https://t.co/k6aupbHicv

— Ahmed Shifan (@Shifan4040) September 25, 2024 " target="_blank"

މި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ އާންމު މައްސަލަ ބަލަން ގޮވާލުމުން އޭނާ ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްރޮފައިލްގައި ފުލުހުންނަށް ގޮންޖަހާފަ އެވެ.



https://wamco.com.mv/
tel:+9607331319