logo

ޗުއްޓީ ދުވަސްވަރު ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތުދީފި

profile

އައިޝަތު އިނާޝާ - 26 ސެޕްޓެމްބަރު 2024 - 17:21

ހުޅުމާލެ ފޭސް 2 ޞަލާޙުއްދީން ސްކޫލު ކައިރީގައި ދަރިވަރުންނަށް މައުލޫމާތު ދިނުން

ހުޅުމާލެ ފޭސް 2 ޞަލާޙުއްދީން ސްކޫލު ކައިރީގައި ދަރިވަރުންނަށް މައުލޫމާތު ދިނުން

ޗުއްޓީ ދުވަސްވަރު ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން ހުޅުމާލެ ފޭސް 2 ޞަލާޙުއްދީން ސްކޫލު ކައިރީގައި ދަރިވަރުންނަށް މައުލޫމާތު ދީފިއެވެ.

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނާއި ނެއިބަހުޑް ފުލުހުން ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ޞަލާހުއްދީން ސްކޫލު ދޮށަށް ފުލުހުން ޒިޔާރަތްކޮށް އެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނާ ބައްދަލުކޮށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން ޗުއްޓީއަށް ރަށުން ބޭރަށްދާނަމަ ގޯތިގެދޮރާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

2024 - 2025 ވަނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް ދީ، މިއަދު ޓާމް ޗުއްޓީ ވަނީ ފެށިފައެވެ.

ފުރަތަމަ ޓާމު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ. އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހު ހައެއްގައެވެ.

https://wamco.com.mv/
tel:+9607331319