logo

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ގެއްލިގެން ހޯދަނީ

profile

އާމިނަތު ޝަފާ - 25 ސެޕްޓެމްބަރު 2024 - 15:14

ގައުމީ ޓީމުގެ  ކުރީގެ ޑިފެންޑަރު މުޙައްމަދު ސާއިފް

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުޙައްމަދު ސާއިފް

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުޙައްމަދު ސާއިފް ގެއްލިގެން ހޯދަންފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) ކަމަށެވެ.

އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ ހުޅުމާލެ ފުލެޓް 205-2-35 އެވެ. ފުލުހުން މިހާރުދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނީ ސާއިފްއާ ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުމަށް އެދޭ ކަމަށެވެ.

ސާއިފް މީގެކުރިންވަނީ ކްލަބް ވެލެންސިއާ، މާޒިޔާގެ އިތުރުން ވިކްޓްރީއަށް ވެސް ކުޅެފައެވެ.


https://wamco.com.mv/
tel:+9607331319