logo

މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލަކުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް!

profile

އައިޝަތު އިނާޝާ - 28 ޖޫން 2024 - 14:57

ފުވައްމުލަކު ފޮލިސް ސްޓޭޝަން ދޮށަށް މީހުން އެއްވެފައި

ފުވައްމުލަކު ފޮލިސް ސްޓޭޝަން ދޮށަށް މީހުން އެއްވެފައި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލައް ސިޓީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

‘’ވެށި ރައްކަލް'' ގެ ނަމުގައި މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށް، 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުނެވެ. ‘’ވެށި ރައްކަލް'' އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319