logo

ގެވެށިއަނިޔާގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

profile

ޒިދާން މުޙައްމަދު - 29 ޖޫން 2024 - 21:20

ފުވައްމުލައް ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް

ފުވައްމުލައް ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް

ފުވައްމުލައް ސިޓީގެ ގެއެއްގެ ތެރޭގައި ގެވެށިއަނިޔާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލައް ސިޓީގެ ގެއެއްގެ ތެރޭގައި އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މިމައްސަލައިގައި ތަހުގީގެއް ހިންގަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ އަނިޔާކޮށްފައިވަނީ ކުރީގެ އަނބިމީހާއަށެވެ. އެ އަންހެން މީހާ މިހާރު ވަރިކޮށްފައި އިން ނަމަވެސް ކައިވެނިކޮށްގެން އުޅުނުއިރުވެސް ގެވެށިއަނިޔާ ކޮށްފައިވާ ކަމަށްވެވެ.

މިފަހުންވެސް އެ އަންހެންމީހާގެ ގެއަށް ވަދެ ސައިކަލް ތަޅުދަަނޑިއެއް ލޮލާ ދިމާލަށް ހަރާފައިވާ ކަމަށްވެވެ. އެކިވަރުގެ އަނިޔާ އަންހެންމީހާއަށް އެމީހާ ދީފައިވާ ކަމަށްވެސް މައުލޫމާތު އެނގޭ މީހުން ބުނެފައިވެވެ.

މީގެ އިތުރުން ގޭގެ މުދަލަށާއި ސައިކަލަށްވެސް އެ ފިރިހެން މީހާ ގެއްލުން ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

https://int.etukuri.mv/
tel:+9607331319