logo

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދޭންޖެހޭ: އޭޖީ

profile

އާމިނަތު ޝަފާ - 30 ޖުލައި 2024 - 18:30

ބަންޑާރަނައިބު އަހުމަދު އުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރަންޖެހޭކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރަމުންދާއިރު އޭޖީ އޮފީހުންބުނީ އިންސާނީ ވަގުފާރިއާމެދު ހޭލުންތެރިކުރުވުމާއި، މިފަދަ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ކަށަވަރުކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށެވެ.

އެ އޮފީހުންބުނީ މީހަކާ މެދު ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާނެކަމުގެ ބިރުދައްކައިގެން އޮޅުވާލައިގެން، މަކަރު ހަދައިގެން، އިތުބާރުކުރެވޭ މަގާމެއްގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން މީހަކަށް ކުރިމަތިވެފައިވާ ނިކަމެތިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ބޭނުން ހިފައިގެން ފައިސާ ނޫނީ އެހެން މަންފާއެއްދީގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގުސަދުގައި މީހަކާމެދު ވަކިގޮތަކަށް ކަންކުރުމަކީ މީހުން ޓްރެފިކްކުރުންކަމުގައި ބަލައިގަނެވޭނެކަމަށެވެ.

އޭގެތެރޭގައި ހިމެނޭ ކަންކަމަކީ ބޭރު ގައުމަކުން ދިވެހި ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ރާއްޖެއިން ބޭރު ގައުމަކަށް ފޮނުވުން ނުވަތަ ބަދަލުކުރުމާއި، ދިވެހި ރާއްޖޭގެ އެއް ތަނުން އަނެއްތަނަށް ގެންދިއުން ނުވަތަ ބަދަލުކުރުން އަދި މީހަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އިތުރުން ވަޒީފާއަށް ނުވަތަ މަސައްކަތަށް ރެކްރޫޓުކުރުމެވެ.

tel:+9607331319