logo

ބާ ކައުންސިލްގައި ބަންޑަރަނައިބު ނުހިމެނޭ އިސްލާހު ތަސްދީގުކޮށްފި

profile

އާމިނަތު ޝަފާ - 03 ސެޕްޓެމްބަރު 2024 - 17:05

ބަންޑާރަނައިބު އަހުމަދު އުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް

ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރާ ގޮތަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ހުށަހެޅުއްވިމި ބިލުގެ މަގުސަދަކީ ގާނޫނީ ވަކީލުގެ ކަންކަން ތަންފީޒުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީގައި މިހާރު ތިއްބަވަނީ 9 މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ރައީސާއި ނައިބު ރައީސްގެ އިތުރުން އިތުރު 6 މެމްބަރުންނެވެ. ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ބަންޑާރަ ނައިބު އުނިކޮށް ހަތް މެންބަރުން އިންތިހާބު ކުރާ ގޮތަށެވެ.

މި ބިލާއެކު ބަންޑާރަނައިބު ވިދާޅުވެފައިވަނީ މަގާމުގެ ހައިސިއްޔަތުން ބަންޑާރަނައިބު ބާ ކައުންސިލްގެ އެކްސްކޯގައި އިނުމަކީ އެންމެ ރަގަޅު ގޮތެއް ނޫންކަމަށާއި އެކަމާ ދެކޮޅުކަމަށެވެ.

އުޝާމް އޭރު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވަނީ ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރަންވާނީ ހަމައެކަނި ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ހިމެނޭ ފުރިހަމަ މިނިވަން އެކްސްކޯއަކުން ކަމަށެވެ. މަގާމުގެ ހައިސިއްޔަތުން ބަންޑާރަނައިބު ބާ ކައުންސިލްގެ އެކްސްކޯގައި އިނުމަކީ އެންމެ ރަގަޅު ގޮތެއް ނޫންކަން އުޝާމްވަނީ ފާހަގަކުރައްވާފައެވެ.

ބާ ކައުންސިލަކީ 2019 ވަނަ އަހަރު އުފެދުނު ރާއްޖޭގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމަށް އޮންނަ ގާނޫނީ ވަކީލުންގެ ބެލެނިވެރިފަރާތެވެ.

ވަކީލުން ރެގިއުލޭޓް ކުރުން ވަކީލުންނަށް ދޫކޮށްލައި ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރުމަށް މި ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

tel:+9607331319