"ފާސްޓް އެކްސް" ގައި ޕޯލް ވޯކާރގެ ދަރިފުޅު - މެޑޯ ވޯކަރ!
އައިޝަތު ޝާނީ - 14 މޭ 2023 - 09:44
ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒްއެއް ކަމަށްވާ "ފާސްޓް އެންޑް ފިއުރިއަސް" ގެ ފިލްމުތަކުގައި މުހިއްމު ރޯލުތަކެއް ކުޅުނު އެކްޓަރު ޕޯލް ވޯކާގެ ދަރިފުޅު މެޑޯ ވޯކާ، "ފާސްޓް އެކްސް" ފިލްމުން ފެންނާނެކަމަށް އޭނާ ބުނެފިއެވެ.
"ފާސްޓް އެކްސް" ފިލްމުގެ މަންޒަރެއްގެ ސްކްރީން ޝޮޓެއް އިންސްޓަގްރާމްގައި ހިއްސާކޮށް، ލިޔެފައިވާ ކެޕްޝަންގައި ބުނެފައިވަނީ ބައްޕަގެ "ފާސްޓް އެންޑް ފިއުރިއަސް" ގެ ފުރަތަމަ ފިލްމު 2001 ގައި ރިލީޒްކުރި އިރު އޭނަގެ އުމުރަކީ އެންމެ އެއް އަހަރު ކަމަށާއި "ފާސްޓް" އާއިލާގެ ބައިވެރިއަކަށް ވެވުނީ ބައްޕަގެ ސަބަބުންކަމަށާއި އެކަމަށް އޭނާގެ ބައްޕަ ޕޯލް ވޯކާރ އަށް ވަނީ ޝުކުރު އަދާކޮށްފައިއެވެ. އަދި ބޮޑުވަމުން އައީ ބައްޕަ އާއި ފިލްމުގެ އެހެން ބައިވެރިން ފިލްމުތަކުގައި ކުރަމުން އައި މަސައްކަތް ވަރަށް ގާތުން ފެނި ކަމަށްވެސް މެޑޯ ބުނެފައިވެއެވެ.މީގެ އިތުރުން ބައްޕަގެ ލެގަސީ ދަމަހައްޓަން "ފާސްޓް" ގެ ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށާއި "ފާސްޓް" ގެ ޓީމް ދެކެ ވަރަށް ލޯބިވާ ކަމަށްވެސް މެޑޯ ލިޔެފައިވެއެވެ. އަދި ބައްޕަގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުރި ބްރޭންޑް ބާޓަލް އަކީ މިހާރު އޭނަގެ ވެސް އެންމެ ގާތް އެކުވެރިޔާ ކަމަށާއި އެކަން ބްރޭންޑް ބާޓަލްގެ އެހީއާއި ނުލާ ނުވީސްކަމަށްވެސް މެޑޯ ބުނެފައިވެއެވެ.
މެޑޯ ވޯކާރ އަކީ އުމުރުން 25 އަހަރުގެ މޮޑެލްއެއްގެ ގޮތުގައި މަސައްކުރާ ކުއްޖެކެވެ.
"ފާސްޓް އެކްސް" އިއްޔެ އިޓަލޯގެ ރޯމްގައި ޕްރީމިއާކޮށްފައިވާ އިރު، އާންމުކޮށް ސިނަމާތަކުގައި ފިލްމު ދައްކަން ފަށާނީ މި މަހުގެ 19 އިން ފެށިގެންނެވެ. މެޑޯގެ ހާއްސަ ފެނިލުމެއް ހިމެނޭ މި ފިލްމަކީ އޭނާގެ ފުރަތަމަ ފިލްމްވެސްމެއެވެ.
"ފާސްޓް އެކްސް" އަކީ "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ 10 ވަނަ ފިލްމެވެ. އެއީ ގިނަ ބަޔަކު ޝައުގެވެރިވާ ފިލްމް ސީރީސްއެކެވެ. އަދި އެ ފިލްމްތަކުގެ މުހިއްމު ރޯލެއް އަދާކުރި ގިނަ ބަޔެއްގެ ހިތްތައް ފަތަހަ ކުރި ޕޯލް ވޯކަރ ވަނީ ، އުމުރުން 40 އަހަރުުގައި ނުރައްކާތެރި ކާރު އެކިސެޑެންޓެއްގައި ، 2013ގައި މަރުވެފައިކަންވެސް ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން