
މިނިވަން ނޫސްވެރިކަމާއި ހިޔާލްފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިދިކޮޅު ފަރާތްތަކުގެ އަޑުވެސް އިއްވަންވާނެ: އެމެރިކާ

މުޙައްމަދު ފަޟްލޫން - 16 ސެޕްޓެމްބަރު 2025 - 16:39
މިނިވަން ނޫސްވެރިކަމާއި ހިޔާލްފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިދިކޮޅު ފަރާތްތަކުގެ އަޑުވެސް އިއްވަން ވާނެ ކަމަށް ދިވެހި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފިއެވެ.
މީޑިއާ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި އެމެރިކާ އެމްބަސީން ބުނީ ހިޔާލްފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަން ދެމެހެއްޓުމުގައި އިދިކޮޅު ފަރާތްތަކުގެ އަޑުވެސް އިއްވެން ވާނެކަމަށެވެ.
އެމެރިކާއިން ރާއްޖެ ހިމެނޭހެން ހުރިހާ ޤައުމުތަކަކަށްވެސް ގޮވާލަނީ އެބީދައިން ހިޔާލްފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށްކަމަށް އެމެރިކާ އެމްބަސީ އިން ބުނެފައިވެއެވެ.
އެމެރިކާ އެމްބަސީން ބުނެފައިވަނީ، މިނިވަން ނޫސްވެރިކަމާ ހިޔާލް ފާޅުކުރުމުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކުގައި އެޤައުމުން އަބަދުވެސް އެއްބާރުލުން ދޭނޭކަމަށެވެ.
އެމެރިކާ އެމްބަސީން އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވުމުގެ މުހިއްމުކަމަށް ގޮވާލާފައިވާއިރު، މަޖިލީހުން މިއަދު ފާސްކުރި މީޑިއާ ރެގިއުލޭޓް ކުރުމާ ބެހޭ ބިލާއެކު ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އަޑު ކެނޑިގެންދާނޭކަމަށް ބައެއް ނޫސްވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ބުނެފައެވެ.
މީޑިއާ ބިލު މަޖިލީހުން ފާސްކުރި ވަގުތު މަޖިލިސް ކައިރީގައި ނޫސްވެރިންނާއި އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ބިލާއި ދެކޮޅަށް އިހްތިޖާޖްކޮށްފައިވެއެވެ.
މީޑިއާ ބިލާއި ބެހޭ ގޮތުން ސަރުކާރުން ބުނެފައިވަނީ އެބިލުގެ ސަބަބުން މީޑިއާތައް ރެގިއުލޭޓްކޮށް ދޮގު ހަބަރު ފެތުރުން ހުއްޓިގެން ދާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން