logo
ރެއަލް މެޑްރިޑާއި މަޔޯކާ ވާދަކުރި މެޗުގެ ތެރެއިން

ރެއަލް މެޑްރިޑާއި މަޔޯކާ ވާދަކުރި މެޗުގެ ތެރެއިން

މަޔޯކާ އަތުން މޮޅުވެ ރެއާލް މެޑްރިޑް އެއްވަނައަށް

profile

ހަސަން ޝަމްއޫން - 31 އޯގަސްޓު 2025 - 07:37

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެެވެ.

https://wamco.com.mv/

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް އޮވިއެޑޯ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މަޔޯކާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ސެލްޓަވީގޯ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މަޔޯކާ އިންނެވެ. މިލަނޑު ފުރަތަަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ވިރާދު މުރުގީ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޒުވާން މިޑްފީލްޑަރު ޕަބްލޯ ޓޮރޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލު ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެޢާލް މެޑްރިޑުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އާޑާ ގުލާ އެވެ. އަދި ޖެހިގެންއައި މިނެޓުގައި ވިނީސިއަސް ޖޫނިއަރ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދައިދީފައެ.

މީގެ އިތުރުން ވެސް މިހާފުގައި ރެއާލްގެ އިތުބާރު ފޯވާޑް ކިއަން އެމްބާޕޭ ދެލަނޑު ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެދެލަނޑު ވެސް އޮފްސައިޑް ކަމަށެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، މިމެޗުން ބަލިވި މަޔޯކާއަށް ތިން މެޗުން ލިބުނު އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވާލުގެ 18 ވަނައިގައެވެ.

https://wamco.com.mv/
https://www.aslu.com.mv