logo
ހާވިޔޭ ޓެބާސް.

ހާވިޔޭ ޓެބާސް.

ލަލީގާއިން ނަސްލީ އިމްތިޔާޒު ނައްތާލަނީ!

profile

ޙުސައިން ފަޒީލް - 26 މޭ 2023 - 06:47

އެކަށީގެންވާ ބާރު ލިބިއްޖެނަމަ ލަލީގާގައި މިހާރު އޮތް ނަސްލީ އިމްތިޔާޒު ނައްތާލާ ސްޕެއިން ލީގަކީ ދުނިޔޭގެ އެއްވަނަ ލީގަށް ހަދާނެކަމަށް ލަލީގާގެ ރައީސް ހާވިޔޭ ޓެބާސް ވިދާޅުވެއްޖެއެވެ. ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑަށް ކުޅޭ ވިނީޝިއަސް ޖޫނިއާއަށް ދިމާވި ނަސްލީ އިމްތިޔާޒުގެ މައްސަލައާ ގުޅޭގޮތުން ޓެބާސް ވިދާޅުވީ އެ ކުޅުންތެރިޔާ ދެން އެފަދަ ކަމަކާހުރެ ދަނޑުން ފައިބަން ޖެހިއްޖެނަމަ އޭނާއަށް ފުރިހަމައަށް ތާއީދުކުރާނެ ކަމަށާއި އެކުޅުންތެރިޔާ ސްފެނިސް ލީގުގައި މަޑުކުރަން އެދޭކަމަށެވެ.

https://wamco.com.mv/

އިއްޔެ ކުރިއަށް ދިޔަ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ ސްޕެއިން ލީގުގައި ކުޅުންތެރިންނަށް ނަސްލީގޮތުން ފުރައްސާލަ ލިބެމުންދާކަމާއި އަދި ބައެއް މައްސަލަތައް ސްޕެއިންގެ ސްޓޭޓް އެޓާނީގެ އޮފީހަށް ކުލަބު ތަކުން ހުށަހަޅައިގެން ކުރިއަށް ދާކަމަށެވެ. އަދި މިފަދަ މައްސަލަތައް ޙައްލުކުރަން އެކަށީގެންވާ ޤާނޫނީ ބާރު ބޭނުންވާ ކަމަށާއި 6މަސް ދުވަހުގެ ތެރޭގައި މައްސަލަތަކަށް ހައްލުގެނެސް ސްޕެނިސް ލީގު ދުނިޔޭގެ އެންމެ ވަރުގަދަ ލީގަށް ހަދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާގެ ވާހަކައަށް ބާރުދެމުން އިތުރަށް ބުނީ ކުލަބުތައް ބަނގުރޫޓު ވިޔަނުދިނުމަށް މާލީގޮތުން އެކަށީގެންވާ ބާރުތައް ދީފާވާތީ އެކަމުގެ ފައިދާ ފެންނަމުން ދާކަމަށެވެ. ނަސްލީ ތަފާތުކުރުންވެސް ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން ނައްތާލެވިދާނެކަމަށް ޓެބާސް ޤަބޫލު ކުރައްވައެވެ.

https://etukuri.mv/
https://www.aslu.com.mv