
ބެންޒެމާ
ބެންޒެމާ އެންމެ ފަހުން ސައުދީ ލީގަށް

ޙުސައިން ފަޒީލް - 05 ޖޫން 2023 - 16:47
ރެއާލް މެޑްރިޑްގެ ފުރާސް ތަރި 14 އަހަރަށްފަހު ސައުދީ އަރަބިއާގެ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ބަދަލުވާން ތައްޔާރު ވެއްޖެ އެވެ.
ސައުދީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ބެންޒެމާ ބަދަލުވަނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ބެންޒެމާ، އަށް އަލްއިއްތިހާދަށް ބަދަލުވުމަށް 342 މިލިއަން ޕައުންޑުގެ ބޮޑު އަގެއް ވަނީ ހުށަހަޅާފައެވެ. ޕްރާންސްގެ ތަރި އެ ކްލަބަށް ބަދަލުވާނީ ދެ އަހަރު ދުވަހުގެ މުއްދަތަށްކަމަށް މައުލޫމާތު ލިބެއެވެ.
ބެންޒެމާ ރެއާލުގައި ހޭދަކުރި 14 އަހަރުގެ ތެރޭގައި އެ ޓީމާ އެކު 25 ތަށި ހޯދާފައިވެއެވެ. އޭނާވަނީ ރެއާލަށް 647 މެޗު ކުޅެދީ 354 ގޯލު ޖަހާފައެވެ. އޭނާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއަށްފަހު ދެ ވަނައަށް ރެއާލަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ .
އޭނާވަނީ ރެޔާލަށް ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށް ސްޕެނިޝް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްދީފައެވެ. ބެންޒެމާގެ އިތުރުން އަސެންސިއޯއާއި ހަޒާޑުވެސް ރެއާލުންވަނީ ދޫކޮށްލާފައެވެ. ދޫކޮށްލި ކުޅުންތެރިންގެ ބަދަލުގައި އެމްބާޕޭއާއި ޔޫރަފުގައި ކުޅޭ މަޝްހޫރު ކުޅުންތެރިންނަށް ރެއާލުން އަންނަނީ ފާރަލަމުންނެވެ. ލީގުގެ ފަހުމެޗް ރޭ ނިމުނު އިރު ރެއާލް އޮތީ ތާވަލްގެ ދެވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން