logo

މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

profile

އާމިނަތު ޝަޒްލާ - 25 ސެޕްޓެމްބަރު 2026 - 11:47

މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި އެންމެހައި ރައްޔިތުންގެ ނަމުގައި، މެލޭޝިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ވަނީ އަރިސްކުރައްވާފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް އަވަހާރަވީ ޢުމުރުފުޅުން 82 އަހަރުގައެވެ. އީދްރުސް އިބްރާހީމަކީ މެލޭޝިއާގެ ސަރުކާރުގެ އެކި ދާއިރާތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއަކީ ޒަމާނުއްސުރެ ވަރަށް ގާތް، ރަޙްމަތްތެރި ގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމެވެ. ޚާއްޞަކޮށް ތަޢުލީމީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް އޮންނައިރު، މެލޭޝިއާއަކީ ގިނަ ޢަދަދެއްގެ ދިވެހި ޢާއިލާތަކާއި ކިޔަވާ ކުދިން ދިރިއުޅެމުން އަންނަ ޤައުމެކެވެ. ދެ ޤައުމުގެ ވެރިންގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން، މިފަދަ ހިތާމަވެރި ދަނޑިވަޅުތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ މެލޭޝިއާގެ ވެރިންނަށާއި ރައްޔިތުންނަށް ހިތްވަރުދީ، އެއްބައިވަންތަކަން ހާމަކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319