logo

ނަތަންޔާހޫ ޕޯޑިއަމަށް އެރުމާއެކު ދިވެހި ވަފުދު މިފަހަރުވެސް މާލަން ދޫކޮށް ނުމުމެއްޖެ!

profile

ރިޟްވާން މޫސާ - 25 ސެޕްޓެމްބަރު 2026 - 08:26

އދ. އާންމު މަޖިލީހުގައި ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޕޯޑިއަމްގައި ހުއްޓި ތަގުރީރު ކުރައްވަން ފެއްޓެވުމުން އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެ ގޮތުން ދިވެހި ރާއްޖޭގެ ވަފުދުން އާންމު މަޖިލީހުގެ ޖަލްސާ ދޫކޮށް ނިކުމެއްޖެއެވެ.

https://wamco.com.mv/

މިހާރު ކުރިއަށްދާ އދ. އާންމު މަޖިލީހުގެ ޖަލްސާގައި ޔަހޫދީން ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ވާހަކަ ދެއްކުން ފެއްޓުމާއެކު މީގެ ކުރިން ވެސް އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން ވާހަދައްކަން ފެއްޓުމާއެކު މާލަމު ދޫކޮށް ނުކުމެފަ އެވެ.

މިއީ މިގޮތަށް ދިވެހިރާއްޖެއިން ޢަމަލު ކުރި 3 ވަނަ އަހަރެވެ. މިއަހަރު އާންމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފްއެވެ.

އާންމު މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔަ މާލަން ދޫކޮށް ދިވެހި ވަފުދުން ނިކުތް ނިކުތުމަށް އިޝާރާތްކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ހުރިހާ ޤައުމަކަށްވެސް އެއް ހަމައަކުން ތަބާވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި އެއްވެސް ޤައުމަކީ އެ ޤާނޫނުތަކުގެ މަތިން އޮތް ޤައުމެއް ނޫން ކަމަށް ވިދާޅުވިއެވެ. ވަޒީރު އިރުތިޝާމް ވަނީ ރާއްޖެއިން އެފަދަ މާހައުލެއްގައި ހާޒިރުވުން ނުދޭނެ ކަމަށާއި، މިފަދަ ޢަމަލުތައް އާންމުވުމުގެ ފުރުސަތުވެސް ރާއްޖެއިން ނުދޭނެ ކަމަށް ވިދާޅުވިއެވެ.

ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލްޢާމާއި އަދި ހުޅަނގު އަސާރީގެ ބިންތައް ފޭރިގަނެ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ހިންގަމުންދާ ޖަރީމާތައް ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ދިވެހިރާއްޖެއިން ދަނީ ހަރުއަޑުން ކުށްވެރިކުރަމުންނެވެ. އަދި ޔަހޫދީން ޖަވާބުދާރީ ކުރުވައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހިރާއްޖެއިން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

https://wamco.com.mv/
tel:+9607331319