logo

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ދިނީ ގާނޫނާ ހިލާފަށް: ރައީސް ޔާމީން

profile

ރިޟްވާން މޫސާ - 25 ސެޕްޓެމްބަރު 2026 - 11:40

ޔުނައއިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ މަޝްރޫއު ހަވާލުކޮށްގެން ސަރުކާރުން ހިންގާ އަމަލަކީ ދިވެހި ރައްޔިތުންގެ މުސްތަގުބަލުން ކުރާ "ވައްކަމެއް" ކަމަށާއި ދެން އަންނަ ސަރުކާރަކުން އެ "ގާނޫނާ ހިލާފު" އެއްބަސްވުން ބަލައިގަނެގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 500 ހެކްޓަރު އީގަލް ހިލްސްއަށް ދިނީ މަތީ ފަންތީގެ ހޮޓާތަކާއި ޓޫރިސްޓް ވިލާތައް ހިމެނޭ ގޮތުން ވޯޓާ ފްރަންޓް މެރީނާއެއް ތަރައްގީ ކުރުމަށެވެ.

މި އެއްބަސްވުމަކީ 20 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެކެވެ.

ރަސްމލެ ޕްރޮޖްކެޓްގެ މި އެއްބަސްވުން ތަރައްގީގެ މަޝްރޫއު ހިންގުމަށް ދުބާއީ ގައި ބޭއްވި އެއްބަސްވުމުގައި މިދިޔަ ހޯމަ ދުވަހު ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް އެވެ. ދުބާއީގެ އީގަލް ހިލްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ވެރިޔާ މުހައްމަދު އަލްއައްބާރުގެ އެވެ،

ސަރުކާރުން ބުނެފައިވަނީ އެ ބިމުގެ ބަދަލެއްގެ ގޮތުގައި ހުޅުމާލޭގައި އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 5،000 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށެވެ.

ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވަނީ މި އެއްބަސްވުމަކީ ދިވެހިންގެ ލޮލުގައި އަނދުނެއް އަޅުވައި ސަރުކާރުން ގާނޫނާއި ޙިލާފަށް ކުރިއަށްގެންދާ އެއްބަސްވުމެއްކަމަށް ވިދާޅުވެފަ އެވެ.

ޔާމީން ވިދާޅުވީ ސަރުކާރުން މިހާރު ވިއްކާލަނީ ދިވެހި ރައްޔިތުންގެ މުސްތަގުބަލު ކަމަށާއި މިއީ އެއްވެސް ސަރުކާރަކަށް ގާނޫނުން ލިބިދޭ މެންޑޭޓެއް ނޫން ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކަން ކުރެވޭ ގޮތެއް ނޫން ކަމަށާއި ރާއްޖޭގެ ގާނޫނުތަކާ ވެސް ހިލާފަށް ކުރާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ ރައީސް މުހައްމަދު މުއިއްޒު އަރިހުން ދުބާއީ ކުންފުންޏަކަށް ރަސްމާލޭން ބައެއް ދޭން އުޅޭ ކަމަށް އޭރު ދެކެވެމުން ދިޔަ ވާހަކަތަކަކާ ގުޅިގެން ސުވާލުކޮށްފަ އެވެ.

އެ ދުވަހު ވެސް ރައީސް މުއިއްޒު ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އަދި ދެއްވި ޔަގީން ކަމަކީ ރަސްމާލޭން 'ވެލިފުކެއް' ވެސް ބޭރުގެ ބަޔަކަށް ހިލޭ ނުވަތަ ކުއްޔަށް ދޭން ވެސް ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319