
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރެއްވި ނަޖުމާއަށް ރައީސް ނަޝީދުގެ މަރުޙަބާ!

އާމިނަތު ޝަޒްލާ - 17 އޯގަސްޓު 2026 - 12:34
ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ދިވެހި ދައުލަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރެއްވި ގ. ނޫރީފެހި، ނަޖުމާ ޙުސައިނަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު އިޚްލާޞްތެރިކަމާއެކު މަރުޙަބާ އާއި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ދިވެހި ދައުލަތުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ނަޖުމާ ޙުސައިނަށް ލިބިވަޑައިގަތުމާ ގުޅިގެން ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި، ނަޖުމާ ދިވެހި ނޫސްވެރިކަމަށާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، އެކަމަނާއަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.
ނަޖުމާ ޙުސައިނަކީ ރާއްޖޭގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އިޚްލާޞްތެރިކަމާއެކު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެކަމަނާއަށް މި ޝަރަފުވެރި އިނާމު އެރުވުނީ ޤައުމީ ފެންވަރުގައި ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައެވެ.
ދިވެހި ދައުލަތުން ދެއްވާ ޤައުމީ އިނާމަކީ، ޤައުމާއި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތައް ކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެއްވަމުން ގެންދަވާ އެންމެ ޝަރަފުވެރި އެއް އިނާމެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން 2 ބައްދަލުވުން ބާއްވަން މިލިއަނުން ހަރަދުކޮށްފި
27 މިނިޓު ކުރިން

މެރިކަލްޗަރގެ ސިނާޢަތް ފުޅާކުރުމަށް ޚާއްޞަކޮށް ރާއްޖޭގެ 10 ސަރަޙައްދެއް ކަނޑައަޅައިފި
27 މިނިޓު ކުރިން

ހިދުމަތްތައް ހަރުދަނާކުރަން އިތުރު 100 ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު މާހިރު
28 މިނިޓު ކުރިން
.jpg&w=3840&q=75)
ރާއްޖެ-ރަޝިޔާ ވައިގެ ދަތުރުތައް އިތުރުކޮށް ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއް!
29 މިނިޓު ކުރިން


