logo

"ރޮބެޓިކް ސާޖަރީ" ފުރަތަމަ ފަހަރަށް ރާއްޖޭގެ އޭޑީކޭ ގައި

profile

ރިޟްވާން މޫސާ - 07 ސެޕްޓެމްބަރު 2026 - 04:47

އޭޑީކޭ ހޮސްޕިޓަލުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ކާމިޔާބުކަމާއެކު ފަށައިފިއެވެ.

https://wamco.com.mv/

ރޮބެޓިކް ސާޖަރީގެ ޙިދުމަތަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ފަރުވާ ދިނުމަށް ރޮބެޓް އަތް ބޭނުންކޮށްގެން ކުރެވޭ އަގުބޮޑު އެހެން ނަމަވެސް ކާމިޔާބު ޙިދުމަތްތަކެކެވެ. މި ޙިދުމަތް އޭޝިއާގެ ވަރަށް ގިނަ ގައުމުތަކުގައި ގާއިމުކޮށްފައިވެ އެވެ.

ރޮބޮޓިކް ސާޖަރީއަށް އޭޑީކޭއިން ކުރި އިންވެސްޓްމަންޓަކީ ޒަމާނީ ޓެކްނޮލޮޖީއާއި ތަޖުރިބާ ރާއްޖެއަށް ގެނެސް، ސިއްހީ ދާއިރާއިން ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ގައުމަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ.

ސަރުކާރުގެ ހޮސްޕިޓަލް ތަކުންވެސް މި ޙިދުމަތް ފޯރޮކޮށްދެއްވުމ،ަށް ދަނީ ތައްޔާރުތަކެއް ވަމުންނެވެ.

އެގޮތުން ރޮބޮޓިކް ސާޖަރީ ހެދުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުންކުރުމަށް މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އިއުލާނުކޮށްފައެވެ.

ބައިނަލްއަގުވާމީ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ އިތުރުން ޓެސްޓުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި މެއިންޓަނަންސްގެ މަސައްކަތް ވެސް ކުރަންޖެހެއެވެ.

މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ޑޮކްޓަރުން ކޮމްޕިއުޓަރު ކޮންސޯލެއް މެދުވެރިކޮށް ރޮބޮޓިކް އަތްތަކެއް ކޮންޓްރޯލްކޮށްގެން އޮޕަރޭޝަން ކުރާ ޒަމާނީ ވަސީލަތެކެވެ. މީގައި ހިމެނޭ ކެމެރާއާއި އެކި އާލާތްތައް ހަރުކޮށްފައިވާ ރޮބޮޓިކް އަތްތައް ބަލިމީހާގެ ހަށިގަނޑަށް ވައްދަނީ ވަރަށް ކުދިކޮށް ތަންތަން ކަނޑައިގެންނެވެ.

ސިއްހީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ރޮބޮޓިކް ސާޖަރީގެ ސަބަބުން ހަށިގަނޑުން ކަނޑަންޖެހޭ ތަން ކުޑަވެ، ލޭ ފައިބާ މިންވަރު މަދުވެއެވެ. މީގެއިތުރުން އޮޕަރޭޝަނަށްފަހު ފަސޭހަވާ މުއްދަތު އަވަސްވެ، އިންފެކްޝަން އުފެދުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

https://wamco.com.mv/
tel:+9607331319