logo

އުސޫލާއި ހިލާފަށް އެޕާޓްމެންޓް ކުއްޔަށްދިން މައްސަލަ ދަނީ ބަލަމުން: އެފްޑީސީ

profile

މުޙައްމަދު ފަޟްލޫން - 06 ސެޕްޓެމްބަރު 2026 - 14:27

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެންމެ ފަހުން ހަވާލުކުރި ފްލެޓުތަކުގެ ތެރެއިން ބައެއް އެޕާޓްމަންޓުތައް އުސޫލާ ހިލާފަށް ކުއްޔަށް ދީފައިވާ މައްސަލަތަކެއް އެ ކޯޕަރޭޝަނުން ތަޙުގީގު ކުރަން ފަށައިފިއެވެ.

https://wamco.com.mv/

އެފްޑީސީން މީޑިއާތަކާ ޙިއްޞާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފްލެޓްތަކާ ގުޅިގެން ހުށަހެޅިފައިވާ އެކި ބާވަތުގެ ޖުމްލަ 44 މައްސަލައެއް މިހާރު ވެސް އެ ކޯޕަރޭޝަނުން ދަނީ ބަލަމުންނެވެ.

ގަވާއިދާ ޚިލާފަށް ފްލެޓްތައް ކުއްޔަށް ދޫކުރުމާ ގުޅޭ 11 މައްސަލައެއް ބަލަމުންދާއިރު، އޭގެ ތެރެއިން 8 މައްސަލައެއްގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާ ކަމަށް އެފްޑީސީން މަޢުލޫމާތު ދެއެވެ. އަދި މި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއް ބަލައި ނިންމުމަށްފަހު، ކުށް ސާބިތުވި ފަރާތް މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން، އެ ސަރަޙައްދުގައި ދިމާވެފައިވާ ކުނި އެޅުމުގެ މައްސަލައާ ގުޅިގެން 3 މައްސަލައެއް އެ ކޯޕަރޭޝަނަށް ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން އެއް މައްސަލަ ބަލައި ނިންމައި އެ ފަރާތް ޖޫރިމަނާކޮށްފައިވާއިރު، ބާކީ 2 މައްސަލައިގެ ތަޙުޤީޤު އަދިވެސް ދަނީ ކުރިއަށެވެ.

އިމާރާތުގެ އޮނިގަނޑަށާއި އެތެރޭގެ ޑިޒައިނަށް (އިންޓީރިއަރ) އަމިއްލައަށް ބަދަލުގެނައުމަކީ މަނާކަމަކަށްވާއިރު، އެފަދަ ބަދަލުތައް ގެނެސްގެން 27 މައްސަލައެއް އެފްޑީސީން ދަނީ ބަލަމުންނެވެ. މި މައްސަލަތަކުގެ ތެރެއިން އެއް ފަރާތެއް ޖޫރިމަނާކޮށް، އިތުރު ފަރާތަކަށް ނޯޓިސް ފޮނުވާފައިވާއިރު، ބާކީ 25 މައްސަލައެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ހަމައެއާއެކު، އެފްޑީސީގެ އެންގުންތަކަށް ޢަމަލުނުކުރުމުގެ 2 މައްސަލައަކާއި، އަޑުގަދަކޮށް އުނދަގޫވާ ގޮތަށް ޢަމަލުކުރުމުގެ ސަބަބުން ހުށަހެޅިފައިވާ ޝަކުވާއެއްވެސް އެ ކޯޕަރޭޝަނުން މިހާރު ދަނީ ބަލައި ފިޔަވަޅު އަޅަމުންނެވެ.

https://wamco.com.mv/
tel:+9607331319