logo

ވަރުގަދަ ސިކިއުރިޓީއަކާއިއެކު ސްމިރްތީ އެނބުރި ޓީވީއަށް

profile

އައިޝަތު އިބްރާހިމް - 02 ޖޫން 2025 - 16:30

ވަރުގަދަ ސިކިއުރިޓީއަކާއިއެކު 2000 ހާހުގެ ކުރީކޮޅު ޓީވީ ސީރީސްތަކުގައި ރަނިކަން ކުރި މަޝްހޫރު ޓީވީ ތަރިއެއްކަމަށްވާ ސްމިރްތީ އިރާނީ އެނބުރި ޓީވީ ސްކްރީނަށް އަންނަން ނިންމައިފިއެވެ.

https://wamco.com.mv/

ސްމިރްތީ އިރާނީއަކީ 2000 ވަނަ އަހަރު ބާލާޖީ ޓެލެފިލްމްސް އިން ގެނެސްދިން "ކިޔުންކީ ސާސްބީ ކަބީ ބަހޫތީ"އިން ބެލުންތެރިންގެ މަޤްބޫލުކަން ހޯދި ވަރަށް ކުޅަދާނަ އެކްޓްރެސްއެކެވެ. މި ސީރީޒް ވެގެން ގޮސްފައިވަނީ އިންޑިޔާގެ އިތުރުން އެހެން ޤައުމުތަކުގައިވެސް ވަރަށް މަޤްބޫލު ޑްރާމާ ސީރީޒްއަކަށެވެ. މި ކުޑަކުޑަ ދިވެހި މުޖުތަމަޢުއިންވެސް މި ޑްރާމާއަށް ވަރަށް ބޮޑު ތަރުޚީބެއް ލިބިގެން ގޮސްފަވެއެވެ.

ގިނަ އަހަރުތަކެއް ވަންދެން މި ސިލްސިލާ މެދުކެނޑިފައި އޮތުމަށް ފަހު އެނބުރި ސްކްރީނަށް އަންނައިރު ފުރަތަމަ ސީޒަންގެ ލީޑް ބަތަލާ ސްމިރްތީ އިރާނީ ދެވަނަ ސީޒަނުން ވެސް ފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މި ސީރީޒްގައި ސްމިރްތީއާއިއެކު ދެން ފެންނާނީ ކުރިންވެސް މިސީރީޒްން ފެނިފައިވާ އަމަރު އުޕަދޭވްކަމަށްވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ މަސްދަރުތަކުން ރިޕޯޓްކޮށްފައިވެއެވެ.

ސްމިރްތީ އިރާނީ އަކީ މިހާރު ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މިނިސްޓަރެކެވެ. ސްމިރްތީއަކީ އިންޑިއާ ސަރުކާރުގެ ބާރަތިޔާ ޖަނަތިޔާ ޕާޓީ ތަމްސީލްކުރާ މިނިސްޓަރަކަށްވުމުން މި ސިލްސިލާގެ ޝޫޓިން ކުރިއަށްދަނީ ވަރަށް ވަރުގަދަ ސެކިއުރިޓީއާ އެކު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، މި ސިލްސިލާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ހިމެނޭ ގޮތަށް "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ 2"ގެ ސެޓުގައި މަސައްކަތްކުރާ އެންމެންގެ ފޯނުތައް ވެސް ޓެޕްކޮށްފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުންސްތާން ނިއުސްއިން ބުނެފައިވެއެވެ.

ޝޫޓިންގްތެރެއިން މަންޒަރެއް ލީކުވިޔަނުދިނުމަށްޓަކައި ސެޓުގައި ފޯނު ގެންގުޅުމަކީ ވެސް މަނާ ކަމެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. މިއީ ވަރަށް ގިނަ މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިދާނެކަމަށްވެސް ފިލްމީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް ސިޔާސީ ލީޑަރަކު މި ސިލްސިލާގައި މުހިއްމު ރޯލެއް ކުޅޭތީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްޞަ ޕްރޮޓޮކޯލްއާ އެއްގޮތަށް ސްމިރްތީގެ ސެކިއުރިޓީންނަށް ޢަމަލުކުރަން މަޖުބޫރު ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިޔާގެ ނޫސް އޭޖެންސީ ހިންދުސްތާން ޓައިމްސްއިން ބުނެފައިވެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ 2"ގައި ޖުމްލަ 150 އެޕިސޯޑު ބެލުންތެރިންނަށް ގެނެސްދޭނެއެވެ. މި ސިލްސިލާ 2008ވަނަ އަހަރު ނިންމާލިއިރު 2000 އެޕިސޯޑު ހަމަނުވީ 150 އެޕިސޯޑު މަދުވުމުންނެވެ. އެކަން ދެވަނަ ސީޒަންއިން ފުރިހަމަކުރުމަކީ އެކްޓަރުގެ ވަރަށް ބޮޑު އުއްމީދެކެވެ.

"ކިޔުންކީ ސާސްބީ ކަބީ ބަހޫތީ 2" ވެސް ދެއްކުމަށް ހަމަޖެހިފައިވަނީ ހަމަ ޖުލައި މަހުގެ 3 ވަނަ ދުވަހު ކަމަށްވެސް ޙަބަރުތަކުން ބުނެފައިވެއެވެ. ފިލްމާއި ޑްރާމާގެ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ބަބްލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފަހަރުގެ ސީރީޒްގައި މޯނީ ރޯއީ އަދި ކަރިޝްމާ ތަންނާ ހިމަނަން ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

"ކިޔުންކީ ސާސްބީ ކަބީ ބަހޫތީ 1" ޖުލައި 3 2000 ވަނަ އަހަރުން ފެށިގެން ހުއްޓުމެއްނެތި 6 އަހަރުގެ ދިގުމުއްދަތަކަށް ކުރިއަށްގެންގޮސްފައިވެއެވެ. އެއީ 2008 ނޮވެމްބަރު 6 އަކާ ހަަމައަށެވެ. މިއީ އާއިލީ މައްސަލަތަކުގެ މައްޗަށް ބާލާޖީ ޓެލެފިލްމްސް ގެ ބެނަރގެ ދަށުން އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ ވަރަށް ރީތި ޑްރާމާ ސީރީޒެކެވެ.

1976 ވަނަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު އިންޑިޔާގެ ނިއުދިއްލީއަށް އުފަން ސްމްރިތީ ޒުބިން އިރާނީ އަކީ އިންޑިއާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މަޝްހޫރު މެމްބަރެކެވެ. އަދި މިހާރު ސްމިރްތީއަކީ މިހާރު އެޕާޓީގެ ޔޫނިއަން މިނިސްޓަރެވެ. ސްމްރިތީ އިރާނީ ވަނީ އިންޑިއާގެ ޔޫނިއަން ކެބިނެޓްގެ މުހިންމު ގިނަ މަޤާމުތަކެއް އަދާކޮށްފައެވެ. ސިޔާސީ ދާއިރާގެ ކުރިން ސްމްރިތީ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ކާމިޔާބު ކެރިއަރެއް ހޭދަކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay