logo
އައިޝާ ނޫރްޢައިން ޖަނާހު

އައިޝާ ނޫރްޢައިން ޖަނާހު

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ލިސްޓްގައި ނުރައިން ޖަނާހު ހިމެނިއްޖެ

profile

މުޙައްމަދު ފަޟްލޫން - 18 އޭޕްރީލު 2025 - 11:00

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ލިސްޓްގައި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއަރ އައިޝާ ނޫރައިން ޖަނާހު ހިމެނިއްޖެއެވެ.

https://wamco.com.mv/

ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް) އިން މިއަހަރަށް މުޅި ދުނިޔެއިން ހޮވައިލި އެންމެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ނުރައިން ވަނީ ހިމެނިފައެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްއިން މިހާރު އާންމުކޮށްފައިވާ މިއަހަރުގެ ލިސްޓުގައި 7 ދާއިރާއަކުން 116 ފަރާތެއް ހިމެނެއެވެ.

ކޮންމެ އަހަރަކުވެސް ޔަންގް ގްލޯބަލް ލީޑާސް ހޮވާއިރު، މިއަހަރު ހޮވުނު ފަރާތްތައް ގުޅެނީ 1400 މެންބަރުން މައްޗަށް އެކުވެލޭ އިސްވާރުންގެ ނުވަތަ ލީޑަރުންގެ ޖަމާޢާތަކާއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޔަންގް ގްލޯބަލް ލީޑާސް ޕްރޮގްރާމަކީ ބޮޑެތި ކުންފުނިތަކުގެ ސީއީއޯއިން ފެށިގެން، ޤައުމުތަކުގެ ވެރިންނާއި ނޮބެލް އިނާމު ހާސިލް ކޮށްފައިވާ ފަރާތްތައް ހިމެނޭ ނުފޫޒު ގަދަ މީހުން މިހާތަނަށް ހިމެނޭ ޕްރޮގްރާމަކެވެ. މިއަހަރު ލިސްޓުގައިވެސް ދުނިޔޭގެ އެކި ސިނާޢަތްތަކުން އެކި ކުރިއެރުން ހޯދާފައިވާ ފަރާތްތައް ހިމެނެއެވެ.

ނޫރައިން ބޮޑަށް ފާހަގަވެގެން ދަނީ، ކޯޕަރޭޓް ގަވަނެންސް ދާއިރާއިންނާއި، އިމާރާތްކުރުމުގެ ދާއިރާއިން އަދި ކުންފުނިތަކުގެ ތިމާވެށްޓާއި އިޖްތިމާޢި ހިންގުމުގެ އިސްތިރާޖުތަކުގެ ދާއިރާއިން އަދި އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއިންނެވެ. އޭނާ ދަނީ މި ޚިދުމަތްތައް އޭނާގެ ރެހެންދި ކޮންސަލްޓިން ފާމް މެދުވެރިކޮށް، ފޯރުކޮށްދެމުންނެވެ. އަދި މިމަސައްކަތުގެ ތެރެއިން ކުންފުނިތަކުގައި އަންހެން ލީޑަރުން އުފެއްދުމަށް ޕްރޮގްރާމްތައް ހިންގަމުންދެއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޖަނާހު އަލީގެ ދޮށީ ދަރިކަނބަލުން ނުރައިން ޖަނާހް އަކީ ޗާޓަޑް އެކައުންޓެންޓެކެވެ.



https://wamco.com.mv/
https://www.aslu.com.mv