
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ކެމްޕޭނެއް ހިންގަނީ

އާމިނަތު މޫސާ - 30 އޭޕްރީލު 2025 - 11:00
ބޭންކުގެ ގްލޯބަލް ޕާޓްނަރ ނެޓްވޯކްތައް މެދުވެރިކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ ދެމެދު އެއްބަސްވުމެއް ސޮއިކޮށްފިއެވެ.
ބީއެމްއެލްއާއި އެމްއެމްޕީއާރްސީން މި އެއްބަސްވުމުގައި ސޮއިކުރީ މިހާރު ދުބާއީގައި ހިނގަމުންދާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "އެމްއެމްޕީއާރްސީއާއެކު މިފަދަ މުހިންމު މަސައްކަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އުފާކުރަންވާކަމަށެވެ. އަދި އެކްސްކްލޫސިވް އިންޓަރނޭޝަނަލް ކާޑު ޕާޓްނަރޝިޕްތަކާއެކު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓުކުރާ މިންވަރު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވޭނެކަން ވަނީ ޝަރީފް ފާހަގަ ކުރައްވާފައެވެ. އެހެން ކަމުން ކައިރި މުސްތަޤްބަލެއްގައި އަމަލީ މަސައްކަތް ފެށުމަށް ބީއެމްއެލްއިން ދަނީ މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ "ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ހިންގޭ މި ޑެސްޓިނޭޝަން ކެމްޕޭން ފަރުމާކޮށްފައިވަނީ ޕްރީމިއަމް ފަތުރުވެރިންނަށް ހާއްސަ އޮފަރތަކަކާއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް. މި ސްޓްރެޓެޖިކް ކެމްޕޭންގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ކުރާ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމި އޮތުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން މިއަހަރަށް ރާއްޖެ ފަތުރުވެރިން ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ވެގެން ދިޔައީ އައްޑޫގެ ވިޔަފާރިތަކާއި، ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދިން މިތުރަކަށް: އެމްޑީ ޝަރީފް
7 ދުވަސް ކުރިން

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީގައި ތައާރަފްކޮށްފި
8 ދުވަސް ކުރިން

ފަހު ދިހައެއްގައި ބީއެމްއެލް ގެ ބްރާންޗްތަކުން އިން ޚިދުމަތް ލިބޭނީ މި މަހުގެ 11 އަދި 18ގައި
10 ދުވަސް ކުރިން

89 މަސްވެރިއަކަށް ބީއެމްއެލްގެ ލޯނު ދީފި
13 ދުވަސް ކުރިން


.gif&w=3840&q=75)