logo
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް  / ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް / ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ވެގެން ދިޔައީ އައްޑޫގެ ވިޔަފާރިތަކާއި، ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދިން މިތުރަކަށް: އެމްޑީ ޝަރީފް

profile

މުޙައްމަދު ފަޟްލޫން - 12 މާރިޗު 2026 - 10:57

ބީއެމްއެލްގެ ވެގެން ދިޔައީ އައްޑޫގެ ވިޔަފާރިތަކާއި، ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދިން މިތުރަކަށް ކަމަށް އެބޭންކްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ބީއެމްއެލްގެ ސްޕައިޕް އައްޑޫ ސިޓީއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އައްޑޫގައި ގެދޮރު ހެދުމަށް، އެއްވެސް ރަހުނަކާ ނުލައި މިހާރު ތިން މިލިއަން ރުފިޔާގެ ލޯނު، ބީއެމްއެލްއިން ލިބެން ހުންނާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ބޯހިޔާވަހިކަމަށް އަމާޒުކޮށް ބީއެމްއެލް އިން ހާއްސަ ޕްރޮޑަކްޓެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

އައްޑޫގައި ގެސްޓް ހައުސް އަޅަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އިން ލޯނު ދޫކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫގައި ބީއެމްއެލްގެ 67 މުވައްޒަފުން ތިބި ކަމަށާއި، މާލެ ފިޔަވައި، އެއް އަތޮޅެއްގައި އެންމެ ގިނަ ބްރާންޗާއި އޭޓީއެމް އަދި ކޮންޓެކްޓް ސެންޓަރެއް ހުންނަނީ އައްޑޫގައިކަމަށް ޝަރީފު ވިދާޅުވިއެވެ.

އަދި މާލޭގައި ހުންނަ ބީއެމްއެލްގެ އޮފީސްތަކުގައިވެސް އައްޑޫގެ ރައްޔިތުން ގިނަ އަދަދަކަށް މަސައްކަތް ކުރާކަން ޝަރީފު ފާހަގަކުރެއްވިއެވެ

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ޑިވެލޮޕްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އައްޑޫގެ ޑިވެލޮޕަރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މާލެ އިން ބޭރުގައި ބީއެމްއެލްގެ ފުރަތަމަ ބްރާންޗެއް ހުޅުވީވެސް އައްޑޫގައި ކަމަށާއި، އެއީ މިގެ 42 އަހަރު ކުރިންކަމަށް ޝަރީފު ވިދާޅުވިއެވެ. އެއިރު އައްޑޫގައި، ބީއެމްއެލްގެ ބޭންކިން ހިދުމަތް ފެށިއިރު އަމިއްލަ ވިޔަފާރިތަކާއި، ފަރުދުންގެ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ލިބުމާއި ފައިސާ ރައްކާކުރުމުގެ ފުރުސަތު ނެތްކަމަށް ޝަރީފު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk