
ދިގުރަށުގައި އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހަކު ނިޔާވެއްޖެ

ޝަހްޒާ މުޙައްމަދު - 13 މާރިޗު 2026 - 08:16
އދ. ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މީހަކު ނިޔާވެއްޖެއެވެ.
ފުލުުހުން ބުނީ ރޭ، އެރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 2:00 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.
އަދި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގެ ތަހުގީގަށް މާލެ އިން ހާއްސަ ޓީމެއް އެރަށަށް ދިއުމަށް ހަަމަޖެހިފައިވާ ކަމަށްވެެސް ފުލުހުން ވަނީ ބުނެފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު
28 މިނިޓު ކުރިން

ހަނގުރާމަ ފިނިކުރަން އެމެރިކާ އާއި އެކު އެއްބަސްވުމެއް ހަދަން ޒެލަނަސްކީ ގޮވާލައިފި
29 މިނިޓު ކުރިން

އިތުރު މަންޒިލްތަކުގެ ފްލައިޓްތައް ރާއްޖެ ގެންނަނީ
2 ގަޑިއިރު ކުރިން

ޕީއެންސީން މާލޭގައި މިއަދު ސައިކަލް ބުރެއް ބާއްވަނީ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)