logo

އިންތިހާބުތަކާއި ގުޅޭ ކަންބޮޑުވުން އެމްޑީޕީ އިން އީސީ އާއި ހިއްސާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 12 މާރިޗު 2026 - 15:32

ލޯކަލް ކައުންސިލް އިންތިހާބާއި، ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފެރެންޑަމްއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފިއެވެ.

https://wamco.com.mv/

އެމްޑީޕީގެ ފަރާތުން މި ކަންބޮޑުވުންތައް ހުށަހަޅާފައިވަނީ މިއަދު އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވުނު ރަސްމީ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަލީ ނިޔާޒް ވިދާޅުވީ، ވޯޓު ބާތިލުވާ އުސޫލުތަކާއި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބެހެއްޓުމަށް ނިންމާފައިވާ ނިންމުމާ މެދު އެ ޕާޓީގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. މީގެ އިތުރުން، ރެފެރެންޑަމްއާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް އެކަށީގެންވާ މިންވަރަށްވުރެ މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، ވޯޓު ބާތިލުވާ މިންގަނޑުތަކާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމާ މެދު އަލުން މުރާޖައާ ކުރައްވާނެ ކަމަށް ކޮމިޝަނުން ވިދާޅުވި ނަމަވެސް، ރެފެރެންޑަމްއަށް ރައްޔިތުން ހޭލުންތެރިކުރުވުމަކީ ކޮމިޝަނުގެ މައްޗަށް ލާޒިމު ކަމެއް ނޫން ކަމަށް ބުނެފައިވާތީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޓީވީ ޕްރޮގްރާމްތަކާއި ރަށްރަށުގައި ހިންގާ އެކި ހަރަކާތްތަކުގެ ޒަރީއާއިން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. ނަމަވެސް، އެމްޑީޕީން ދެކޭ ގޮތުގައި އެ މަސައްކަތްތައް ކުރިއަށްދަނީ އިންތިހާބުގެ މުހިންމުކަމާ އަޅާބަލާއިރު ނިސްބަތުން ވަރަށް ލަސް ދުވެއްޔެއްގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk