
ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި

މުޙައްމަދު ފަޟްލޫން - 12 މާރިޗު 2026 - 11:04
އަހަރުގެ މިހާތަނަށް ލޯނު ދައްކަން ދައުލަތުން އެއް ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް މާލީ ވުޒާރާ އިން ބުނެފިއެވެ.
މާލީ ވުޒާރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ލޯނުތަކުގެ ރީޕޭމެންޓަށް ސަރުކާރުން 636 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.
ފައިނޭންސިންގ ކޯސްޓް ނުވަތަ އިންޓަރެސްޓްގެ ގޮތުގައި 412 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.
މި އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަންޏާއި ފައިނޭންސިންގ އިލްތިޒާމުތައް އަދާކުރުމަށް ޖުމްލަ 18 ބިލިއަން ރުފިޔާ ހޭދަކުރަންޖެހެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ އަންނަ މަހު މުއްދަތު ހަމަވާ ސުކޫކަށެވެ. އެގޮތުން ސުކޫކުގެ ޕޭމަންޓަށް ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދައްކަންޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، 500 މިލިއަން ޑޮލަރުގެ ސުކޫކު، އެ ފައިސާ ދައްކަންޖެހޭ ތާރީޚު ކަމަށްވާ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އަދާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ފައިސާ ދެއްކުމަށްޓަކައި މިހާރުވެސް 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ ރައްކާކުރެވިފައެވެ. އެހެންކަމުން، ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރު އަދާކުރުމަށްފަހުވެސް، ދައުލަތުގެ ފައިސާގެ ތެރެއިން 150 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ބާކީ ހުންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުތަކާއި ގުޅޭ ކަންބޮޑުވުން އެމްޑީޕީ އިން އީސީ އާއި ހިއްސާކޮށްފި
2 ގަޑިއިރު ކުރިން

މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި
2 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ތާށިކަމެއް ނެތް، ރައީސްގެ އަމާޒަކީ ތެލުގެ އަގުބޮޑުވިޔަ ނުދިނުން: ވަޒީރު ޒަމީރު
4 ގަޑިއިރު ކުރިން

އެމެރިކާ-އީރާން ހަނގުރާމަ: ދުނިޔޭގެ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)